އުރީދޫ

ކަލާ ރަންގެ 5 ކިލޯމީޓަރު ދުވުމުގައި ނައިބު ރައީސް ވާދަކުރައްވައިފި

އުރީދޫ މޯލްޑިވްސް މިއަދު ބޭއްވި "ކަލާ ރަން" ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް ފަސް ކިލޯމީޓަރުގެ ރޭސް ފުރިހަމަ ކުރައްވައިފި އެވެ.

މިއީ ނައިބު ރައީސް ފައިސަލް ނަސީމު ފުރިހަމަ ކުރެއްވެވި ފުރަތަމަ ފަސް ކިލޯމީޓަރުގެ މެރަތޮން އެވެ. އުރީދޫގެ ސީނިއާ އެގްޒެކަޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫ ކަލާ ރަންގައި ވާދަ ކުއްރައްވާ، ނައިބުރައީސް ފައިސަލް ނަސީމް ރޭސް ފުރިހަމަ ކުރެއްވުމަކީ އުރީދޫއަށް ލިބިގެންދާ ހާއްސަ އުފަލެއް ކަމަށެވެ.

ނައިބުރައީސްގެ އިތުރުން، ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދުވުމުގައި ބައިވެރިވެވަޑައިގެން ފައިސަލް ވިދާޅުވީ އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޒުވާނުންނާއި، ތުއްތު ކުދިންނާ އަދި އެކިއުމުރުފުރާގެ ބޭފުޅުންނަށްޓަކައި، އަމިއްލަ ކުންފުނިތަކުން ކުރައްވާ މަސައްކަތްތަކާއި، އިޖްތިމާއީ ކަންތައްތައް ހައްލުކޮށް އިގުތިސޯދީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ކުންފުނިތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ފައިސަލްގެ ވާހަކަފުޅުގައި، މިސަރުކާރަކީ ރައްޔިތުންގެ ފޮނި އުއްމީދުތަކާއި ބޭނުންވާގޮތް ފުރިހަމަ ކުރުމުގައި ދެމިއޮންނާނެ ސަރުކާރެއް ކަމަށާއި، މިސަރުކާރުގެ ވިސްނުމަކީ އަބަދުވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުން ކަމަށް ވެސް ވިދާޅުވިއެވެ.

ކަލާ ރަން އަކީ ފަން ރަން އެކެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށްވެސް މެޑަލް ދެ އެވެ. އުރީދޫއިން ބުނީ، ކަލާ ރަންގެ މަގުސަދަކީ ގިނަ ބަޔަކު ކަސްރަތާ ދުޅަ ހެޔޮ ހަރަކާތްތަކަށް އަހުލުވެރި ކުރުން ކަމަށެވެ.

ވަނަ ހޮވާ ރޭސް ތަކުގައި ބައިވެރިވުމަށް ޖެހިލުންވާ ގިނަ އަދަދެއްގެ ފަރާތްތަކަށް އުރީދޫއިން ހުޅުވާލީ އެ ފުރުސަތެވެ. މި ރޭހުގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިންވެސް ބައިވެރި ވިއެވެ.