ފިނިޕޭޖް

ސޯނަމް ކަޕޫރު މިފަހަރު ފުލުހެއްގެ ރޯލަށް

ސޯނަމް ކަޕޫރުގެ ޕެޑްމޭން އަދި ސަންޖޫއަށް ލިބުނު ކާމިޔާބީ އަށް ފަހު، އޭނާ ވަނީ ބޮލީވުޑާ ކޮންމެ ވަރަކަށް ދުރަ ޖެހިލާފަ އެވެ. ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ސޯނަމް ވަނީ ބްރޭކެއް ނަގާފަ އެވެ. އެކަމަކު ހަބަރުތައް ބުނާ ގޮތުން މިހާރު އެ ބްރޭކް ނިންމާލަން ސޯނަމް ވަނީ ނިންމާފަ އެވެ. އަދި މަސައްކަތަށް ނުކުންނަން ދަނީ ތައްޔާރުވަމުންނެވެ. ހަބަރުތައް ބުނާ ގޮތުން ސޯނަމް އެންމެ އަވަހަށް ދެން ފެންނާނީ ނިކިލް އަދްވާނީ އުފައްދާ ފިލްމު ސުނޯގައި ފުލުހެއްގެ ރޯލުންނެވެ. މިއީ ތަފާތު ރޯލަކަށް ވާނެ އެވެ.

ބޮލީވުޑްގެ ނޫސް ޕިންކްވިލާއިން ސޯނަމް މި ފިލްމުގައި ބައިވެރިވާނެކަން ޔަގީންކޮށްދީފައިވާ އިރު، މި ފިލްމުން ސޯނަމް އާއެކު ފެންނާނެ ފިރިހެން ހަމަ ނުޖެހެ އެވެ. މި ފިލްމުގެ ކާސްޓު އެއްކޮށް ފައިނަލް ނުކުރެވި، މިހާރު ކަނޑައަޅާފައިވާ ތާރީހަށް ދިގުލައިގެން ގޮސްފަ އެވެ.

ފިލްމު ސުނޯގެ ކުރިން ސޯނަމްގެ އެހެން ފިލްމެއް ރިލީޒް ކުރާނެ އެވެ. އެއީ 'އެކް ލަޑްކީ ކޮ ދޭކާތޯ އޭސާ ލަގާ' އެވެ. އެ ފިލްމަކީ ސޯނަމްއާއެކު އޭނާގެ ބައްޕަ އަނިލް ކަޕޫރު ފިލްމެއްގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އަދި މި ފިލްމަކީ ސޯނަމްއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށްވެސް ސޯނަމް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން ސޯނަމްގެ ބޮޑުބެ ސަންޖޭ ކަޕޫރު އާއެކީ މިހާރު ޝޫޓު ކުރަމުންދާ ފިލްމު 'ދަ ޒޯޔާ ފެކްޓާ' ވެސް އަންނަ އަހަރު ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.