ވިޔަފާރި

"ބަގްލިއޯނީ"ގެ ފުރަތަމަ ރިސޯޓު މާޗު މަހު ހުޅުވަނީ

އިޓަލީގެ "ބަގްލިއޯނީ ހޮޓެލްސް"ގެ ފުރަތަމަ ރިސޯޓު އަންނަ އަހަރުގެ މާޗު މަހު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން ދ. މާގުގައި ތަރައްގީ ކުރަމުން ގެންދާ 99 ވިލާގެ މި ރިސޯޓުގައި މޫދު ކޮޓަރިތަކާއި ބީޗް ކޮޓަރިތައް ހުރެ އެވެ. މީގެ އިތުރުން މި ރިސޯޓު ފަރުމާކޮށްފައިވަނީ 1230 ސްކެއާ މީޓަރުގެ ޕްރެޒިޑެންޓަސް ތިން ވިލާ ވެސް ހުންނާނެ އެވެ. ޕްރެޒިޑެންޓަލް ވިލާތައް ފަރުމާކޮށްފައިވަނީ ޕްރައިވެޓް ޕޫލާއި ޖަކޫޒީ ވެސް ހުންނަ ގޮތަށެވެ. އަދި މި ރިސޯޓު ފަރުމާކޮށްފައިވަނީ ފެމެލީ ބީޗް ވިލާވެސް ހިމެނޭ ގޮތަށެވެ.

އިޓަލީގެ ބަގްލިއޯނީ ކުންފުންޏާ ހަވާލާދީ ބުނެފައިވާ ގޮތުން މި ރިސޯޓުގައި ތިން ރަހައެއްގެ ރެސްޓޯރެންޓް ހުންނާނެ އެވެ. މި ތަންތަނުން އިޓަލީގެ ހަރަތަކާއި އިންޓަނޭޝަނަލް ފުޑް އަދި ޖަޕާނުގެ ރަހަތައް ހިމެނޭނެ އެވެ.

އިޓަލީގެ އެންމެ މަޝްހޫރު ކުންފުނިން ރިސޯޓެއް ތަރައްގީ ކުރަމުން ގެންދާއިރު، ރާއްޖޭގެ 140 ރަށެއްގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި 144 ރިސޯޓެއް ހިންގަމުންދެ އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގައި 50 އެއްހާ ރިސޯޓު ވަނީ ހުޅުވާފަ އެވެ.