ގައުމީ ފުޓްބޯޅް ޓީމް

އިންޑޮނޭޝިއާ އަތުން ބަދަލުހިފައި، އަންހެން ޓީމަށް ތިންވަނަ

ސިންގަޕޫރުގައި ކުރިއަށްދާ ސިންގަޕޫރު އިންޓަނޭޝަނަލް ކުއަޑަ ރެންގިއުލާ މުބާރާތުގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗުގައި، ޕެނަލްޓީ ޖަހައިގެން އިންޑޮނޭޝިއާ 2-1 އިން ބަލިކޮށް ރާއްޖެއިން ސެކަންޑް ރަނަރަފު ނުވަތަ ތިން ވަނަ މަގާމު ހޯދައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާގެ ފަންނީ އެހީތެރިކަން ލިބިގެން، ބާއްވާ ކްއަޑަ ރެންގިއުލާ މުބާރާތުގައި ވާދަ ކުރަނީ، ރާއްޖެ އާއި އިންޑޮނޭޝިއާގެ އިތުރުން ލަގްޒަންބާގް އަދި ސިންގަޕޫރެވެ.

މިއަދު ކުޅުނު ތިން ވަނަ ހޮވި މެޗު ފުރިހަމަ ވަގުތު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ރާއްޖެއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ މަރްޔަމް މިރުފަތު އަދި ޝަހްލާ ތައުފީގް އެވެ.

އިންޑޮނޭޝިއާގެ މައްޗަށް ރާއްޖެއިން ހޯދި މި މޮޅަކީ އެ ޓީމުގެ މައްޗަށް ރާއްޖެއިން ހިފި ރަނގަޅު ބަދަލެކެވެ.

މި މަހު، ފަލަސްތީންގައި ކުރިއަށް ގެންދިޔަ އޮލިމްޕިކް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ގުރޫޕް ޑީ ގައި އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވީ 3-1 އިންނެވެ.