އެންމެ އަގު ބޮޑު ފައިސާގެ އިނާމު ލިބޭ ސޭލްގެ ގޮތުގައި "ރެޑްވޭވް އަހަރީ ބާޒާރު" މިއަދު ފަށައިފި އެވެ.
އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 އިން 15 ޖެނުއަރީ 2019 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 70 ޕަސެންޓްއާ ހަމައަށް ޑިސްކައުންޓް ކަނޑައެޅިފައިވާ އައިޓަމްސްތަކުން ލިބިގެންދާނެ އެވެ. އެގޮތުން ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި ބަދިގެ ސަމާނުން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދާ އައިޓަމްސްތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ޕްރޮމޯޝަންގައި ޗައިނާގެ ނަން މަޝްހޫރް ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ "ކޮންކާ" ބްރޭންޑު ޓީވީ ރެޑްވޭވްއިން ވަނީ ތައާރަފްކޮށްފަ އެވެ. ދިވެހިންނަށް އައު ނަމެއްކަމުގައި ވިޔަސް "ކޮންކާ"އަކީ މަލްޓި މީޑިއާ އިލެކްޓްރޯނިކްސް އުފެއްދުމުގައި 38 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން "ކޮންކާ" ބްރޭންޑަކީ 4 ކޭ ކޮލިޓީގެ މަންޒަރު ފެނިގެންދާ ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ޓީވީކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. އެންޑްރޮއިޑް އޯއެސް އާއި އެކު އަލްޓްރާ ސްލިމް ޑިސްޕްލޭ އަދި ގިނަ ފީޗާސްތަކެއް ހިމެނޭ "ކޮންކާ" ބްރޭންޑު ޓީވީގެ 5 ސައިޒުގެ ޓީވީ ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ހެޔޮއަގެއްގައި ލިބިގެންދާނެ އެވެ.
ޕްރޮމޯޝަންގެ އިނާމުތައް:
- އެއްވަނަ އިނާމު 100،000ރ.
- ދެވަނަ އިނާމު 50،000ރ.
- ތިން ވަނަ އިނާމު 20،000ރ.
ޕްރޮމޯޝަނުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 1500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ އެވެ. ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހަފްތާގެ އިނާމްގެގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނޭކަމުގައި ރެޑްވޭވް އިން މައުލޫމާތު ދެއްވަ އެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ތިންފަރާތަކަށް އިނާމް ލިބިގެންދާނީ ނަގުދު ފައިސާއިންނެވެ. އެގޮތުން އެކެއް ވަނަ އަށް ހޮވޭ ފަރާތަކަށް 50،000ރ، 2 ވަނަ އަށް ހޮވޭ ފަރާތަކަށް 30،000ރ އަދި ތިން ވަނަ އަށް 20،000ރ ގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެ އެވެ.
މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ. ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް ހީނުކުރާ ފަދަ ތަރުހީބެއް ލިބެމުން އެބަދެ އެވެ. އަދި އެ ކުންފުނިން ހާމަކުރާގޮތުގައި މިއީ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކުން އެންމެ ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ. ރެޑްވޭވްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގު ވަޒަން ކުރެއްވުމެވެ.