ހަބަރު

ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށް ދޭނަން: ޖެންޑާ

Nov 26, 2018
10

ގދ. ވާދޫގައި މީހަކު ފާހަނާ ތެރެއަށް އަމިއްލައަށް ވިހެއުމަށްފަހު ކުއްޖާ ބާލިދީ ތެރެއަށް ލާފައި އޮތް މައްސަލަ ބަލަމުންދާ ކަމަށާއި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެމައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށާއި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އާއިލާ އާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވާދޫ ކައުންސިލުން ވާހަކަ ދެއްކެވި މީހަކު ބުނީ، ކުއްޖާ ވިހާފައިވަނީ މިރޭ 7:15 އެހާއިރު ކަމަށާއި އެކަމުގެ މައުލޫމާތު ލިބުމުން އެގެއަށް ވަގުތުންދިޔަ ކަމަށެވެ. އަދި އަންހެން މީހާ ވިހާފައިވަނީ ފާހަނާ ތެރެއަށް ކަމަށާއި ކުއްޖާ އޮތީ ބާލިދީ ތެރޭގައި ކަމަށްވެސް އޭނާ ބުންޏެވެ.

ކައުސިލްގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ، އެކުއްޖާ ބާލިދީ ތެރޭގައި އޮއްވައި ވަގުތުން ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި އެކުއްޖާ ގެންދިޔަ އިރުވެސް ވިންދު ޖަހާ ކަމަށެވެ. އެވަގުތު ޑޮކްޓަރު މިސްކިތުގައި ހުރުމުން ހެލްތް ވޯކަރަކު ކުއްޖާއަށް ވަގުތުން ފަރުވާދޭން ފެށި ކަމަށާއި މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ކައުންސިލްގެ ފަރާތުން ބުންޏެވެ.

"އަޅުގަނޑަށް މީހަކު ގުޅާފައި ބުނީ މީހަކު ފާހަނާ ތެރެއަށް ވިހާފައި، ދިޔަ އިރު ދެތިން އަންހެން ކުދިން އެތާތިބި، ދިޔައިރު މުޅި ފާހަނާ ތެރެވެސް އޮތީ ވަރަށް ރީތިކޮށް ސާފުކޮށްފަ، އެކަމަކު ކުއްޖާ އޮތީ ބާލިދީ ތެރޭގައި، ކުއްޖާ އޮތީ ތާހިރުކޮށްފަ، އޭރު ބެލިއިރު ވިންދުޖަހާ، އެހެން ފިރިހެން ކުއްޖަކާއެކު ބާލިދީއާއެކު ނަގައިގެން ސައިކަލްގައި ދިޔައީ ސިއްހީ މަރުކަޒަށް، ޑޮކްޓަރު ނަމާދަށް ގޮސްވީ އޭރު، އެހެންވެ ހެލްތް ވޯކަރަކަށް އުޅޭ ކުއްޖަކަށް ގުޅީ، އެކުއްޖާ އަށް ވަގުތުން ފަރުވާދޭން ފެށި، ދެން ފަހުން ދިޔައީ ވޭންގައި އަންހެން މީހާ ބަލާ، ފަހުން އައިސް ހެލްތް ވޯކަރު ކައިރީ ކުއްޖާގެ ހާލު އެހުމުން އޭނާ ބުނީ ބޭބީ ރަނގަޅު މިހާރު،" ކައުންސިލުން މައުލޫމާތުދިން ފަރާތުން ބުންޏެވެ.

"އަންހެން މީހާއަކީ މީގެ ކުރިން މީހަކާ އިނދެ ތިން ދަރިން ލިބިފަ ހުރި މީހެއް، އެކަމަކު މި ކުއްޖާ ލިބުނުއިރު އޭނާ ހުރީ މީހަކާ ނީންދެ،"

ފުލުހުން ބުނީ ވާދޫގައި ކައިވެނިން ބޭރުން ވިހާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަަމަށް ފުލުހުން ބުންޏެވެ.

"އަންހެން މީހާއަކީ މީގެ ކުރިން މީހަކާ އިނދެ ތިން ދަރިން ލިބިފަ ހުރި މީހެއް، އެކަމަކު މި ކުއްޖާ ލިބުނުއިރު އޭނާ ހުރީ މީހަކާ ނީންދެ،"

ފުލުހުން ބުނީ ވާދޫގައި ކައިވެނިން ބޭރުން ވިހާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަަމަށް ފުލުހުން ބުންޏެވެ.