ވިޔަފާރި

ވީއޭއެމްކޯ ބޯޓިން އެވޯޑަށް ނޮމިނޭޓް ވެއްޖެ

Nov 27, 2018
1

ބޯޓިން އެވޯޑުގެ ތިން ކެޓަގަރީ އަކަށް ވީއޭއެމްކޯ އިން ނޮމިނޭޓް ވެއްޖެ އެވެ.

ރާއްޖޭގައި އިންޖީނު ވިއްކައި އޭގެ ސާވިސް ދިނުމާއި އަދި ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ވީއެމްކޯ އިން ނޮމިނޭޓް ވެފައިވަނީ މޮސްޓް ޕްރިފާޑް މެރިން އިކްއިޕްމަންޓް ސަޕްލަޔާ އޮފް ދި އިއާ އެވޯޑާއި މޮސްޓް ޕްރިފާޑް މެރިން ބްރޭންޑް އޮފް ދި އިއާ (މެރިން އިންޖީނު) އަދި މޮސްޓް ޕްރިފާޑް މެރިން ޖެނަރޭޓާސް ބްރޭޑް އޮފް ދި އިޔާ އެވޯޑު ހިމެނެ އެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ޖުމްލަ 26 ކެޓަގަރީ އެއް ހިމެނެ އެވެ. އޭގެތެރޭގައި ސަފާރީ އުޅަނދު ފަހަރާއި މެރިން އިންޑަސްޓްރީގެ ސަޕްލަޔަރުން އަދި ފަޅުވެރިންނާއި ކެޕްޓަނުން އަދި ގައިޑުން ނަށްވެސް އެވޯޑު ދޭނެ އެވެ. އަދި މި އެވޯޑަށް ވޯޓު ލިބުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 12 އެވެ.

ވީއެމްކޯއަކީ ބޯޓިން އެވޯޑުގައި ގިނަ ވަނަ ތަނެއް ލިބިފައިވާ ކުންފުންޏެކެވެ.