ވިޔަފާރި

އެންމެ ހިދުމަތް ރަނގަޅު ސާވިސް ސެންޓަރަކަށް ވީއޭއެމްކޯ ހުޅުމާލެ

އެންމެ ހިދުމަތް ރަނގަޅު ސާވިސް ސެންޓަރަށްދޭ އެވޯޑު، ވީއޭއެމްކޯ ހުޅުމާލެ ސާވިސް ސެންޓަރަށް ލިބިއްޖެ އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑު" ގައި ވީއޭއެމްކޯ ހުޅުމާލެ ސާވިސް ސެންޓަރަށް ލިބިފައިވަނީ "މޮސްޓް ޕްރިފާޑް މެެރިން އިންޖީނު ސާވިސް ޕްރޮވައިޑާ 2018" ގެ އެވޯޑެވެ. މި އެވޯޑަކީ އެ ތަނަކުން ދޭ ހިދުމަތްތަކުގެ ފެންވަރަށް ބެލުމަށްފަހު ދޭ އެވޯޑެވެ.

ވީއޭއެމްކޯގެ ހުޅުމާލެ ސާވިސް ސެންޓަރަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ސާވިސް ސެންޓަރެވެ. އަދި މި ސެންޓަރުން ދަނީ މެރިން އިންޖީނުތަކުގެ އިތުރުން ސަފާރީތަކާއި އެއްގަމު އުޅަނދުގެ ހުރިހާ ވަތްތަރެއްގެ އުޅަނދަކަށް ހިދުމަތް ދެމުންނެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި އެވޯޑު ލިބުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އިތުރު ހިތްވަރެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"އަބަދުވެސް ހިދުމަތް ރަނގަޅު ކުރަމުން މިދަނީ. އެހެންވެ މި އެވޯޑުން އެނގެނީ ކަސްޓަމަރުން ހިދުަމަތް ބަދަލައިގެންފައިވާ މިންވަރު،" އޮފިޝަލް ވިދާޅުވި އެވެ.

މެރިން އިންޖީނާއި ކަނޑު އުޅަނދުގެ ގިނަ ސާމާނު ވިއްކާ ވިއްކާ ވީއެމްކޯއަށް މީގެ ކުރިން ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.