ވިޔަފާރި

ވީއޭއެމްކޯ އިން އިންޖީނު ޔަގީން ޕްރޮމޯޝަން ފަށައިފި

Apr 16, 2019

ޑޫސާން އާއި ނަންނި އިންޖީނު ރާއްޖޭގައި ވިއްކާ ވީއޭއެމްކޯ އިން "އިންޖީނު ޔަގީން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ވީއޭއެމްކޯ އިން ބުނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި ޑޫސާން އާއި ނަންނި އިންޖީނު ތަކުން 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ނަގުދު ފައިސާ އިން ގަންނަ މި ދެ ބްރޭންޑުގެ އިންޖީނުތައް ހަރުކުރުމާއި އިންޖީނު ކޮމިޝަން ކޮށްދިނުން ހިލޭ ލިބޭނެ ކަމަށެވެ.

ދިވެހި މާކެޓުގައި ޑޫސާން ޑޭވޫ އާއި ނަންނި މެރިން އިންޖީނަކީ މަގުބޫލު ބްރޭންޑު ތަކެވެ. މިގޮތުން މި އިންޖީނު ބޭނުން ކުރާ އުޅަނދު ފަހަރު 500 އަށް ވުރެ ގިނަ އެވެ. އަދި ޑޫސާން އިންޖީނަށް މޯލްޑިވްސް ބޯޓިން އެވޯޑުގައި ގިނަ ވަނަ ތަކެއް ވެސް ލިބިފައިވެ އެވެ.