ދުނިޔެ

ޚާޝުގްޖީ ގެ ހަށިގަނޑު ހޯދަން ދެ ގެއެއް ފާސްކުރަނީ

Nov 27, 2018

އިސްޓަންބުލް (ނޮވެމްބަރު 26) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ހޯދަން، ތުރުކީ ފުލުހުން ދެ ގެއެއް ބަލާ ފާސްކުރަމުންދާކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ތުރުކީގެ ވެރިރަށް އިސްޓަންބުލްގެ އިރު ދެކުނުގައި އޮންނަ ސަރަހައްދެއްގައި ހުރި ދެ ވިލާއެއް ބަލާ ފާސްކުރުމަށް ފުލުހުން އިއްޔެ ހެނދުނު ވަދެފައިވާކަމަށް ރިޕޯޓުތައް އިތުރަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ނޫސްވެރިޔާ މަރާލުމުގެ އެއް ދުވަސް ކުރިން، ޚާޝުގްޖީގެ ހަށިގަނޑު ނައްތާލުމަށް، އެ ތަނުން އެއް ވިލާއިން ކުރި ފޯނު ކޯލެއްގައި މަޝްވަރާކުރިކަމަށް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ގަބޫލު ކުރާކަމަށެވެ.

އެ ވިލާއަކީ، ސައުދީ ވިޔަފާރިއެއްގެ ގެއެއްކަމަށް ވެސްވެ އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.