ހަބަރު

ޝާހިދު، އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު އިންޑިއާ ރައިސް ބައްދަލުކުރައްވާފައިވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެވެ. އެބައްދަލުވުން ކުރިއަށް ގެންގިސްފައިވަނީ ނިއު ދިއްލީގައި ހުންނަ ރައީސް އޮފީސް، ރާޝްތްރަޕަތީ ބަވާންގައި އެވެ.

ބައްދަލުވުމުގައި ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސޯދީ ތަރައްގީއަށް ބޭނުންވާނެ ކަންކަން ބަލައި ދިރާސާކޮށް އިންޑިއާއިން އެހީތެރިވާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު އިންޑިއާގެ ރައީސަށް ބައްދަަލުކުރައްވާފައިވާއިރު، އިއްޔެ ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރޭޖާ ވެސް ބައްދަލުކުރައްވާފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާއަށް ވަޑައިގެންނެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. އެގޮތުން ރައީސް ސޯލިހް، އިންޑިއާއަށް އަންނަ މަހު 17 ގައި ވަޑައިގަންނަވަން ވަނީ ނިންމަވާފަ އެވެ. އެދުވަސް ކަނޑައަޅުއްވާފައިވަނީ މިނިސްޓަރު ޝާހިދާއި އިންޑިއާގެ މިނިސްޓަރު ސުޝްމާ ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެދަތުރު ވެގެންދާނީ ރައީސް ސޯލިހް، ހުވާ ކުރެއްވުމަށްފަހު، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.