ހަބަރު

ބަސް ސްޓޮޕްތައް އިތުރު ކުރަން މަޝްވަރާކޮށްފި

Nov 27, 2018
1

މާލޭގައި އިތުރު ބަސް ސްޓޮޕްތަކެއް ގާއިމް ކުރުމަށް މިނިސްޓްރީތަކާއި ފުލުހުން މިއަދު މަޝްވަރާކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު މި މަޝްވަރާތައް ކުރައްވާފައިވަނީ ފުލުހުންނާއި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ސިޓީ ކައުންސިލްއާއެކު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އިތުރު ބަސް ސްޓޮޕްތައް ގާއިމްކުރުމުގެ އިތުރުން މާލޭގައި މުދާ ލޯޑިން އަދި އަންލޯޑިން ސަރަހައްދުތައް ކަނޑައެޅުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ހުޅުމާލެއަށް ދަތުރުކުރާ އެމްޕީއެލްގެ ބަސްތަކަށް މިހާރު ހުންނަނީ އެންމެ ބަސް ސްޓޮޕެކެވެ. އެއީ އިންޑަސްޓްރިއަލް ވިލެޗް ކައިރީގައި ހަދާފައިވާ ޓާމިނަލެވެ. އޭގެ ސަބަބުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.