ހަބަރު

ނައިބު ރައީސް ހޮސްޕިޓަލްތަކުގެ ހާލަތު ބައްލަވައިފި

Nov 27, 2018
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ފައިސަލް ނަސީމް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ނައިބުގެ މިޒިޔާރަތަކީ އެހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

ފައިސަލް ހޮސްޕިޓަލްތަކުގެ ހާލަތު ބައްލަވާލެއްވިިއިރު މީގެ ދުވަސްކޮޅެއް ކުރިން ރައީސް ސޯލިހު ވަނީ އައިޖީއެމްއެޗްގެ ބަލި މީހުންނަށް ޒިޔާރާތެއް ކުރައްވާފަ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް އައިޖީއެމްއެޗް އާއި އޭޑީކޭއަށް ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވާލައްވާފައިވެ އެވެ.