ވިޔަފާރި

ޓުއާގައިޑްގެ ހުއްދަ އޮންނަނީ 44 ފަރާތަކަށް

ރާއްޖެއަށް އިއްޔެ އައި ކްރޫޒްލައިނާއެއްގެ ބަޔަކަށް ކިޔައި ދެނީ: ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ގައިޑުން މަސައްކަތް ކުރޭ- ފޮޓޯ: އަވަސް
0%
0%
0%

ޓޫރިސްޓުން ގޮވައިގެން ހަރަކާތްތެރިވުމުގެ ހުއްދަ ލިބިގެން ރާއްޖޭގައި ހަރަކާތްތެރިވަނީ 44 ޓުއާ ގައިޑުން ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުން އެނގިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ފަހަރަށް އާއްމުކުރި ޓުއާ ގައިޑުންގެ ލިސްޓުގައިވާ ގޮތުން މި ރަޖިސްޓްރީގައި ތިބީ 44 ގައިޑުންނެވެ. މި ހުރިހާ މީހުންގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ޓުއާ ގައިޑުންއަކީ ޓޫރިޒަމް ދާއިރާގައި މުހިންމު މަސައްކަތްތަކެއް ކުރާ ބައެކެވެ. ރާއްޖޭގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން 44 މީހުން ތިބި ނަމަވެސް ރަޖިސްޓްރީ ނުކޮށް ގިނަ ބަޔަކު ހަރަކާތްތެރިވެ އެވެ.

ގައިޑުންގެ ގޮތުގައި ރަޖިސްޓްރީނުކޮށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އަދި ޓުއާ ގައިޑުންނާއި ބެހޭ ހާއްސަ ގަވާއިދެއް އޮތްނަމަވެސް އެ ގަވާއިދު ތަންފީޒު ނުކުރުމުގެ ސަބަބުން މި ދާއިރާގައި ބިދޭސީން ވެސް ދަނީ މަސައްކަތް ކުރެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910