ހަބަރު

މެންބަރު އުމަރު ހުސެއިން ވެސް ޖޭޕީއަށް

އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން ވެސް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

އޭނާ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތްކަން ހާމަ ކުރެއްވީ އެ ޕާޓީގެ ޕީޖީ ލީޑަރު ރިޔާޒު އަބްދުﷲ އެވެ. ރިޔާޒު ވަނީ އުމަރު ހުސެއިންއަށް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.

އުމަރު ހުސެއިން މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު ރޭ ވެސް ދެ މެންބަރަކު އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އެގޮތުން ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު ވެސް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އެންޑި ޑިފެކްޝަން ގާނޫނު އުވާލުމާއި ގުޅިގެން ގިނަ އަދަދެއްގެ މެންބަރުންތަކެއް ދަނީ ޖުމްހޫރީ ޕާޓީއާ ގުޅެމުންނެވެ. އެގޮތުން ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީއާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސެއިން މުހައްމަދު ލަތީފުވެސް ޖޭޕީއަށް ސޮއި ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުވެސް ވަނީ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.