ވިޔަފާރި

މާލެ އަތޮޅުގެ 33 ފަޅެއް ރިސޯޓު ހަދަން ހިއްކަމުން ދޭ

މާލެ އަތޮޅުގެ 33 ފަޅެއްގައި ރިސޯޓު ހަދަން ހިއްކަމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ތަކުން ހާމަ ވެއްޖެ
އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަރައްގީ ކުރަމުންދާ ރިސޯޓުތަކުގެ މައުލޫމާތުން އެނގޭ ގޮތުގައި މުޅި ރާއްޖޭގައި 133 ރިސޯޓެއް އަންނަނީ ތަރައްގީ ކުރަމުންނެވެ. އަދި ހޮޓަލާއި ގެސްޓްހައުސްގެ ގޮތުގައި 17 ތަނެއް ތަރައްގީ ކުރަމުންދެ އެވެ. މިގޮތުން މާލެ އަތޮޅުގައި 45 ރިސޯޓެއް ހަދަމުންދެ އެވެ. މީގެތެރޭގައި 33 ފަޅެއްވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި އެންމެ މަދުން ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހއ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހަދަމުންދަނީ އެންމެ ރިސޯޓެކެވެ.

ރިސޯޓުތައް ތަރައްގީ ކުރަމުންދާ ގޮތް

  • ހއ. އަތޮޅު: 1 ރިސޯޓް
  • ހދ. އަތޮޅު: 2 ރިސޯޓް
  • ށ. އަތޮޅު 4 ރިސޯޓް
  • ނ. އަތޮޅު: 6 ރިސޯޓް
  • ރ. އަތޮޅު: 15 ރިސޯޓް
  • ބ. އަތޮޅު: 10 ރިސޯޓް
  • ޅ. އަތޮޅު: 7 ރިސޯޓް
  • ކ. އަތޮޅު: 45 ރިސޯޓް ( 33 ފަޅު)
  • އއ. އަތޮޅު: 7 ރިސޯޓް
  • ވ. އަތޮޅު: 4 ރިސޯޓް
  • މ. އަތޮޅު: 3 ރިސޯޓް
  • ފ. އަތޮޅު 2 ރިސޯޓް
  • ދ. އަތޮޅު 4 ރިސޯޓް
  • ތ. އަތޮޅު: 4 ރިސޯޓް
  • ލ. އަތޮޅު 6 ރިސޯޓް
  • ގއ. އަތޮޅު 13 ރިސޯޓް
  • ގދ. އަތޮޅު 3 ރިސޯޓް
  • ސ. އަތޮޅު 2 ރިސޯޓް

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 54 ރިސޯޓެއްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 140 ރިސޯޓް ހިންގަމުންދެ އެވެ. މީގެތެރޭގައި ހިމެނެނީ 12 ހޮޓަލެވެ. އަދި 508 ގެސްޓްހައުސް އެވެ. އަދި 148 ސަފާރީ ހިމެނެ އެވެ. ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ހިމެނެ އެވެ.

މާލެ އަތޮޅުގައި 33 ފަޅެއްގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރި އަށްދާއިރު މި ދައުރުގައި 20 ފަޅެއް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށް މި ހިނގާ އަހަރުގެ ބަޖެޓުގައި ވަނީ ފައިސާ ހިމަނާފަ އެވެ. އަދި މި ފަޅުތައް ތަރައްގީ ކުރުމަށް އަހަރު 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުމަށް 107 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށް
ވަނީ ބުނެފަ އެވެ.

ފަޅުތައް ހިންގައިގެން ރިސޯޓު ތަރައްގީ ކުރުމުގެ މަޝްހޫރުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަށްދާ އެއް މަޝްރޫއަކީ އެނބޫދު ފަޅުގައި ތައިލެންޑުގެ ސިންގަ އެސްޓޭޓް ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 15 ބްރޭންޑެއް ތަރައްގީ ކުރާނެ އެވެ. މިއީ އެއް ބިލިއަން ޑޮލަރަށްވުރެ އަގު ބޮޑު މަޝްރޫއެކެވެ.