އޮފްބީޓް

ދަރިވަރުންގެ ބަރު ފޮތްދަބަސްތައް ލުއި ކުރަން އިންޑިއާއިން ފިޔަވަޅުއަޅަނީ

އިންޑިއާގެ ސްކޫލް ކުދިންގެ ފޮތްދަބަސް ބަރުވެ ކުދިންގެ މައިބަދަައަށް ގެއްލުންވެ ސިއްހީ މައްސަލަތައް ކުރިމަތިވާތީ އެކަމަށް ހައްލެއް ހޯދުމަށް އިންޑިއާގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ޕްރައިމަރީ ސްކޫލުގެ ގްރޭޑް އެކެއް އަދި ދޭއްގެ ކުދިންގެ ޓެކްސްޓު ފޮތްތައް ގެއަށް ގެންދިއުން މަނާކޮށްފަ އެވެ. މި ބަދަަލު ގެނެސްފައިވަނީ އިންޑިއާގައި ހެދި ސާވޭ އެއްގެ ނަތީޖާ އަށް ބެލުމަށްފަހު އިސްލާހީ ފިޔަވަޅު އެޅުމުގެ ގޮތުން އެވެ. އިންޑިިއާގެ އެސޯސިއޭޓެޑް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ހެދި ސާވޭ އިން ދައްކާ ގޮތުން އިންޑިއާގެ 68 ޕަސެންޓު ކުދިންނަކީ މައިބަދައިގައި މައްސަަލަ ޖެހިފައިވާ ކުދިން ކަމަށް ދެއްކި އެވެ. އަދި އުމުރުން ދުވަސްވާވަރަކަށް މައިބަދައިގައި ރިއްސުމާއި ގުދު ލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ސާވޭ އިން ދައްކަ އެވެ.

މި ސާވޭ ކުރިއަށް ގެންދިޔައީ 2500 އަށް ވުރެ ގިނަ ކުދިންނާއި 1000 އަށް ވުރެ ގިނަ ބެލެނިވެރިންގެ ސުވާލުކޮށް މައުލޫމާތު އެއްކޮށްގެން އެވެ. އަދި މީގެ ތެރެއިން 88 ޕަސެންޓް ކުދިން އުފުލާ ފޮތް ދަބަހުގެ ބަރުދަނަކީ، އެކުދިންގެ ބަރުދަނުގެ 45 ޕަސެންޓެވެ.

މިހާރުވެސް އިންޑިއާގައި ދަނީ މި މައްްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ވައިޓް ބޯޑާއި ޕްރޮޖެކްޓަރުތައް ބޭނުންކޮށްގެން ގެއަށް ގެންދަން ޖެހޭ ބަރު ފޮތްތައް މަދު ކުރެވޭތޯ ބަލަ އެވެ. އެހެންނަމަވެސް އިންޑިއާގެ އާބާދީ މަދު، ފަގީރު ހިސާބު ތަކުގައި ސްކޫލް ކުދިން އަދިވެސް ފޮތްދަބަސް އަޅައިގެން ވަރަށް ދުރަށް ހިނގަން ޖެހެ އެވެ. ފަގީރު އަވަށްތަކުގައި ބޮލަށް ފޮތްތައް އަރުވައިގެން ހިނގާފައިދާ ކުދިންވެސް އިންޑިއާގައި ގިނަ ވުމަކީ މައްސަލަ ހައްލު ކުރަން އެޅިފައި އޮތް ހުރަހެކެވެ.

މި ބަދަލާއެކު އިންޑިއާގައި ގްރޭޑް އެކެއް އަދި ދޭއްގެ ކުދިންނަށް ހޯމްވޯކް ހެދުމަށް ބޮޑެތި ޓެކްސްޓް ފޮތްތައް ގެއަށް ގެންދިއުން ހުއްޓުވޭނެ އެވެ. އެވެ. އަދި ކުއްޖާ ބޮޑުވަމުންދާ ވަރަކަށް ގުދު ލުމުގެ މައްސަލަވެސް ކުޑަ ވާނެ ކަމަށް ބެލެވެ އެވެ.