ހަބަރު

އެސްޓީއޯއަށް އަމުރު، އައިއޭސްއެސްއަށް ރިޒްވީ، އެމްޑަބްލިއުއެސްސީއަށް އާޒިމް

Nov 30, 2018
2

ސަރުކާރު ހިއްސާވާ މުހިންމު ތިން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން ސަރުކާރުން ހަމަޖައްސައިފި އެވެ.

ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައޒޭޝަން ބޯޑުން ސަރުކާރުގެ ލަފާގެ މަތިން އެމްޑީއިން ހަމަޖައްސާފައި ވަނީ، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ، ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީ އަދި ގައުމީ އެއާލައިން ހިންގާ ކުންފުނިން އައިއޭސްއެސްއަށެވެ.

އެސްޓީއޯއަށް ހަމަޖެއްސީ، އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގައި ވެސް މަސައްކަތް ކުރައްވާ، އަދި ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޓީސީސީގެ އެމްޑީކަން ވެސް ކުރެއްވި ހުސެއިން އަމުރު އެވެ. އަދި އައިލެންޑް އޭވިއޭޝަން، އައިއޭސްގެ އެމްޑީއަކަށް ހަމަޖެއްސީ، އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވިއަން ހޮލިޑޭޒްގެ މެނޭޖަރަކަށް ހުންނެވި މުހައްމަދު ރިޒްވީ އެވެ. އެމްޑަބްލިއުއެސްސީއަށް ހަމަޖެއްސީ އެސްޓީއޯގެ ކުރީގެ އެމްޑީ އަދި ކާނަލް ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމް އެވެ.