ހަބަރު

ހައިކޯޓު ވެސް ރިސެސްއަށް

Dec 2, 2018

ހައިކޯޓު ރިސެސްއަށް ހިނގައްޖެ އެވެ. އެ ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ހައިކޯޓުން މިއަދު ބުނީ، ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުގެ މަތީން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް އެ ކޯޓު އޮންނާނީ ރިސެސްގަ ކަމަށެވެ.

ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑިގެންނުދާނެއެވެ.

މިއަދު ސުޕްރީމް ކޯޓު ވެސް ވަނީ އެއް މަސް ދުވަހުގެ ރިސެސްއަކަށް ގޮސްފަ އެވެ.