ހަބަރު

އަލިފާނުން ލިބުނު ގެއްލުން ބަލާލުމަށް ޝައިޙް އިމްރާނާއި ސީޕީ ވިލިނގިއްޔަށް ވަޑައިގެންފި

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ އެކޮމޮޑޭޝަން ބޮލޮކްގައި ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުުނު ގެއްލުންތަށް ހޯމް މިނިސްޓަރު ޝައިޙް އިމްރާން އަބުދުއްﷲއާއި، ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިލިނގިއްޔަށް ވަޑައިގެން ބައްލަވާލައްވައިފި އެވެ.

ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދެ ފުލުހަކަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން އެއްފުލުހަކު ފިހިފައިވާ އިރު އަނެއް ފުލުސްމީހާގެ ކޮނޑުހުޅަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނުކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ ހާދިސާގައި އެކޮމޮޑޭޝަން ބްލޮކްވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

ހޯމް މިނިސްޓަރާއި، ސީޕީ ވިލިނގިއްޔަށް މިރޭ ވަޑައިގެންފައިވާއިރު، އެ ހާދިސާގައި އަނިޔާވި ދެ ފުލުހުންގެ ހާލުވެސް ހޯމް މިނިސްޓަރާއި ސީޕީ ވަނީ މިއަދު ހަވީރު ބައްލަވާލައްވާފަ އެވެ. އެ ހާދިސާގައި އަނިޔާވި ދެ ފުލުހުން މިއަދު ހެނދުނު މާލެ ގެނެސް ވަނީ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފަ އެވެ.

ފުލުހުން ވަނީ އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ތަނުގައި އަނިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް އެ ރަށު ބައެއް މީހުން ބުނެ އެވެ.