ހަބަރު

ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފި

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް، ޕްރައިމަރީއަކާ ނުލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓް ދިނުމަށް ނިންމައި މެންބަރުންނަށް ޓިކެޓް ދިން ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތެއްގައި މެންބަރުންނަށް ޓިކެޓް ދީފައިވާކަން އިއުލާންކުރެއްވީ އެ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީނެވެ. ޕްރައިމަރީއަކާއި ނުލާ ޕީޕީއެމް އިން ޓިކެޓް ދިނީ އެ ޕާޓީއަށް ނިސްބަތްވާ 24 މެންބަރަކަށެވެ.

ޕީޕީއެމްއިން ޓިކެޓް ދިން ބޭފުޅުން:

  • ކެލާ ދާއިރާއަށް އަލީ އާރިފް
  • ހޯރަފުށީ ދާއިރާއަށް މުހައްމަދު އިސްމާއިލް
  • ބާރަށު ދާއިރާ އިބްރާހިމް ސުޖާއު
  • ފުނަދޫ ދާއިރާ އަލީ ސަލީމް
  • ވެލިދޫ ދާއިރާ އަބްދުﷲ ޔާމީން
  • މިލަންދޫ ދާއިރާ ހަސަން މުފީދު
  • އިގްރާދޫ ދާއިރާ އިބްރާހިމް ފަލާހު
  • ދުވާފަރު ދާއިރާ މުހައްމަދު އަލީ
  • އޭދަފުށި ދާއިރާ އަހުމަދު ސަލީމް
  • ނައިފަރު ދާއިރާ އަހުމަދު ޝިޔާމް
  • ގުރައިދޫ ދާއިރާ އިބްރާހިމް ރިޒާ
  • މަހިބަދޫ ދާއިރާ އަހުމަދު ތޯރިގު
  • ނިލަންދޫ ދާއިރާ ޑރ. އަބްދުﷲ ހަލީލް
  • ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲ
  • ގެމަނަފުށީ ދާއިރާ ޖަމީލް އުސްމާން
  • ގައްދޫ ދާއިރާ އަހުމަދު ރަޝީދު
  • މަޑަވެލި ދާއިރާ މުއާޒު މުހައްމަދު
  • ތިނަދޫ ދެކުނު ދާއިރާ އަހުމަދު ނިހާން ހުސެން މަނިކު
  • ފުވައްމުލަކު ދެކުނު ދާއިރާ އަބްދުﷲ މަސީހު މުހައްމަދު
  • ހުޅުދޫ ދާއިރާއަށް އަހުމަދު ޝާހިދު
  • ފޭދޫ ދާއިރާއަށް އިބްރާހިމް ދީދީ
  • މާފަންނު ދެކުނު ދާއިރާއަށް އަބްދުﷲ ރިފާއު
  • މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދު
  • ގަލޮޅު ދެކުނު ދާއިރާ އަހުމަދު އަސްއަދު

މިރޭ ޓިކެޓް ދިން 24 މެންބަރުންގެ ތެރެއިން ދާއިރާ ބަދަލު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން އާއި އަހުމަދު އަސްއަދު އެކަންޏެވެ. ނިހާން ދެން ވާދަކުރައްވާނީ ތިނަދޫ ދެކުނު ދާއިރާ އަށެވެ. އަސްއަދު ވާދަ ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާއަށެވެ. އޭނާ ހުންނެވީ ދާންދޫ ދާއިރާ މެންބަރުގެ ގޮތުގަ އެވެ. އެހެން މެންބަރުން ވާދަ ކުރައްވަނީ މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާތަކަށެވެ.

މެންބަރުންނަށް ޓިކެޓް ދޭން ނިންމާފައިވާކަން އިއުލާންކުރައްވައި ޕީޕީއެމްގެ ރައީސް ޔާމީން މިރޭ ވިދާޅުވީ، ބާކީ ހުރި ދާއިރާތައްވެސް އެ ޕާޓީ އިން ވަރަށް އަވަހަށް މި ހަފްތާގެ ތެރޭގައި އިއުލާންކުރާނެ ކަމަށެވެ. ބައެއް ދާއިރާތަކުން ޓިކެޓް ދޭނީ ޕްރައިމަރީއެއް ބޭއްވުމަށްފަހު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.