ބޮލީވުޑް

ޕްރިޔަންކާގެ ކައިވެނި: "ފެއާރީ ޓޭލެއް"

އެންމެފަހުން ޕްރިޔަންކާ ޗޯޕްރާ ކައިވެނިކުރީ އެވެ. ޕްރިޔަންކާއަށް އޭނާގެ "ޕްރިންސް" ވަނީ ލިބިފަ އެވެ. ކައިވެނީގެ އުފަލާއެކު ހެވިފައިހުރި ޕްރިޔަންކާ އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ކައިވެނީގެ ފޮޓޯތައް ސަޕޯޓަރުންނަށް ދައްކާލާފަ އެވެ. އެއާއެކު ސޯޝަލް މީޑިއާއަށް އައީ ތޫފާނެކެވެ.

ޕްރިޔަންކާ ވަނީ ދެ ސަގާފަށް ކައިވެނީގެ ދެ ހަފުލާ ބާއްވާފަ އެވެ. އެގޮތުން އިންޑިއާގެ ސަގާފީ ކައިވެންޏަކާއި ކްރިސްޓިއަން ކައިވެންޏެއް ޕްރިޔަންކާ އާއި ނިކް ޖޯންސް ވަނީ ކޮށްފަ އެވެ. ފުރަތަމަ ކުރިއަށް ދިޔައީ އިންޑިއަން ކައިވެންޏެވެ.

ޕްރިޔަންކާ ޗޯޕްރާގެ އިންޑިއަން ކައިވެނި ހަފްލާއަށްފަހު، ދެން ފެނިގެން ދިޔަ ވެސްޓާން ލުކް އިން އެންމެންގެ ލޯ އަމާޒުވީ ޕްރިޔަންކާ އަޅައިގެން ހުރި ހުދު ހެދުމަށެވެ.

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި ހަފްލާ ފަސް ދުވަހަށް ދިގު ދެމިގެން ދިޔައިރު މި ދެތަރިން އަޅައިގެން ހުރި ހެދުމުގައި ފޮރުވިފައިވާ ސިއްރުތަކެއްވެ އެވެ. ޕްރިޔަންކާގެ ޑްރެސް އަދި ނިކްގެ ޓަކްސް ޑިޒައިން ކޮށްދީފައިވަނީ މަޝްހޫރު ޑިޒައިނާ ރާފް ލޮރެން އެވެ. ރާފް ލޮރެން ވަނީ ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ ދިމާވި މެޓް ގާލާއަށް ވެސް ހެދުން ޑިޒައިން ކޮށްދީފަ އެވެ. ރާފް ލޮރެންއަކީ މީގެ ކުރިން މަޝްހޫރު ފިލްމީތަރިންނަށް ހެދުން ޑިޒައިން ކޮށްދޭ މީހަކަށް ވިޔަސް ފިލްމީ ތަރިއެއްގެ ވެޑިން ޑްރެސް ޑިޒައިން ކުރި މިއީ ފުރަތަމަ ފަހަރެވެ.

ޕްރިޔަންކާގެ ހުދު ހެދުމާއެކު އަޅައިގެން ހުރި ވެއިލްއަކީ 75 ފޫޓު ދިގު ވެއިލް އެކެވެ. އަދި މި ވެއިލްވަނީ ހުދު ޕާލް އިން ޒީނަތްތެރިކޮށްފަ އެވެ. ކައިވެނި ކުރާ ސަރަހައްދަށް ހިނގާފައި އައިއިރު މި ވެއިލްގެ ފުރިހަމަވެފައި ވަރަށް ރީއްޗެވެ. ޕްރިޔަންކާގެ މި ހެދުމަށް އެންމެންގެ ލޯތައް ހުއްޓުނީ ސަބަބުތަކެއް ނެތި އެއްވެސް ނޫނެވެ.

ދެ ކައިވެނި ހަފްލާ ބާއްވާފައިވާއިރު، ދެ ކައިވެންޏަށްވެސް ވަނީ 200 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ދީފަ އެވެ. މިއީ މުޅި ބޮލީވުޑް އަދި މުޅި ހޮލީވުޑް އިންތިޒާރު ކުރި ކައިވެންޏެކެވެ. ނަމަވެސް އިންޑިއާގައި ބޭއްވި ކައިވެނީގެ ހަފުލާއަށް ބޮލީވުޑްގެ އެއްވެސް ތަރިއަކަށް ދައުވަތު ދީފައެއް ނުވެ އެވެ.