ވިޔަފާރި

އިންޑިއާ ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުވެއްޖެ

Dec 5, 2018
4

މި އަހަރުގެ މިހާތަނަށް ބަލާއިރު އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ޓޫރިޒަމް އެރައިވަލް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިންޑިއާ އިން 64,224 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 63,141 މީހުންނާ އަޅާބަލާއިރު 1.7 ޕަސެންޓް އިތުރުވުމެކެވެ. މި ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހު އެކަނި 7,905 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައި 7,414 މީހުންނާ އަޅާބަލާއިރު 6.6 ޕަސެންޓް އިތުރުވެފަ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާއިން އައި ޓޫރިސްޓުންގެ ހިއްސާ އުޅެނީ 5.3 ޕަސެންޓް ހިއްސާ އެކެވެ.

އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ދިޔައިރު މި އަހަރު އިންޑިއާއިން އާ ތިން އެއާލައިންއެއްގެ ދަތުރުތައް ވަނީ ފަށާފަ އެވެ. އެންމެ ފަހުން ރާއްޖެ ދަތުރުތައް ފަށާފައިވަނީ އިންޑިއާގެ އިންޑިގޯ އެއާލައިން އެވެ. އަދި އެ ގައުމާއެކު ރާއްޖެއިން ބާއްވާ ގުޅުންތައް ދަނީ ވަރުގަދަ ކުރަމުންނެވެ.