ހަބަރު

އިންޑިއާއިން ލޯނު ދެނީ އަހަރުމެންނާ ގުޅުން ކަނޑާލަން ޝަރުތުކޮށް: ޗައިނާ

Dec 5, 2018
13
ރައީސް ކަމުގެ ހުވާކުރެއްވި ދުވަހުގެ ރޭ، ރައީސް ސޯލިހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާ ބައްދަލު ކުރައްވަނީ -- އަވަސް ފައިލް ފޮޓޯ
18.2%
0%
81.8%

ރާއްޖޭގެ ބަޖެޓުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އިންޑިއާ އިން ދޭން ނިންމާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު ދެނީ ޗައިނާ އާއި ގުޅުން ކަނޑާލުމަށް ޝަރުތުކޮށް ކަމަށް ޗައިނާ އިން ތުހުމަތުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އާއި އިންޑިއާގެ ގުޅުން އަންނަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވަމުންނެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވިއިރު، އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ދާދި ފަހުން ހަބަރުފެތުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ބައިތިއްބާ ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާ ނަމަ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އިންޑިއާއިން ވަނީ ހުށަހަޅައިފައި ކަމަށެވެ. އެކަން ފޮރިން މިނިސްޓްރީން ދޮގުކުރެ އެވެ.

ނަމަވެސް، އެ ރިޕޯޓުތަކަށް ހަވާލާދީ ޗައިނާ ސަރުކާރުގެ ވިސްނުމާއި ސިޔާސަތުތަކަށް ވާގިދޭ "ގްލޯބަލް ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި، އިންޑިއާގެ ބޭނުމަކީ ޗައިނާއިން ހެޔޮނިޔަތުގައި ރާއްޖެއަށް ވެފައިވާ އެހީތަކުގެ ނުބައި ތަސައްވަރެއް އުފައްދައިގެން ރާއްޖެއަށް އަތްގަދަ ކުރުން ކަމަށެވެ.

ހަގީގީ އެހީތެރިކަމުގެ އަތެއް ދިއްކުރުމުގެ ބަދަލުގައި، އިންޑިއާގެ މަގްސަދަކީ ރާއްޖޭގެ ބޮލުގައި ދަރަނި އެޅުވުން ކަމުގައި ވެސް އެ ނޫހުން ވަނީ ތުހުމަތުކޮށްފަ އެވެ.

"ޗައިނާގެ ވިސްނުމަކީ ރާއްޖެ ވެސް ހިމެނޭގޮތަށް ސިލްކު އެންޑް ބެލްޓް ރޯޑު މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުގެ އިގުތިސޯދު އަމިއްލައަށް ބިނާކޮށް، ވަރުގަދަ ކުރުމަށް އެހީތެރިވެދިނުން،" ނޫހުގައި ބުނެފައިވެ އެވެ.

ނަމަވެސް، އިންޑިއާގެ ރޭވުމުގެ ދަށުން، އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރަން އުޅޭ "އާ ކްރެޑިޓަރެއްގެ" އުނގަށް ވެއްޓުން ފިޔަވައި އިތުރުކަމެއް ރާއްޖެއަށް ނުވާނެކަމަށް އެ ރިޕޯޓުގައި އިތުރަށް ބުންޏެވެ.

"ކުރީގެ ލޯނުތަކެއް ދައްކަން އާ ލޯނު ނެގުމަކީ އެއްވެސް ފައިދާއެއް ނެތް ބޭކާރުކަމެއްކަން އެއީ ފެންނަން އޮތް ހަގީގަތެއް، ހާއްސަކޮށް އެއްވެސް ފައިދާއެއް ނުވާ އެހީގެ ޝަރުތަކީ ޗައިނާ އާ ގުޅުން ކަނޑާލަން ކަމުގައިވާތީ."

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދު، 3.7 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެ ތެރެއިން ޗައިނާ އަށް ރާއްޖެ އިން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަ އޮތް ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މި ހަފްތާގެ ތެރޭގައި ވަނީ ހާމަކުރައްވައިފަ އެވެ.

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނިފޫ

އިންޑިއާގެ އަވަށަކަށް މިގައުމު ހަދައިފި! މިލިޓަރީ ބޭސް އެއް ނަމުގަ ނެތްކަން އެކަނި، ރާއްޖޭގެ ގާނޫނު ނުހިިނގާ 60 މީހުން އެބަތިބޭ ވިސާ އެއް އެހެން އެއްޗެއް ހަމަވިޔަސް ފޮނުވާ ނުލެވޭ ގޮތަށް.

ޗައިނާ

ޗައިނާ ނުހަކުން ބުނާ އެއްޗަކީ ޗައިނާ ސަރުކާރު ގެ ބަހެއް ނޫން. ނޭގި ނަމަވެސް ތި ބުނެވެނީ ވަރަށް ފިތުނަ އުފެދޭ ކަހަލަ ވާހަކަ.

ގ

ރާއްޖެއާ އެކު ޗައިނާއިން އުފައްދާފައިވަނީ ތޯހިރު ގުޅުމެކެވެ އެގުޅުން ގޯސްކަމާށައި ރާއްޖެ ޗައިނާއަށް ދަރަނިވެރި ވަނީކަމަށް ދެއްކުމުގެ އިސްމޭސްތިރިއަކީ ކެނެރީގެ ނަޝީދެވެ އޭނާ އަކީ ރާއްޖޭގެ ވެރިކަމުގައި 3 އަހަރަށްވުރެ ގިނަދުވަހު ހޭދަކޮށްފައިވާ ރާއްޖޭގެ ވަރަށްގިނަ ސިއްރުތައް އެނގޭނެމީހެކެވެ އެމައުލޫމާތުގެ ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގަމުންދާ މީހެކެވެ މީނާގެ ފަރާތުން ރާއްޖެއަށް މިނިވަންކަން ލިބޭތޯ ގަދައަޅާ މަސައްކަތްކުަރަން އެބަޖެހެއެވެ

އަމްނާ

އެހެދި ގޮތަކީ ރާއްޖޭގެ ލަހަން ޗައިނާ އަތުން އިންޑިޔާއައް ބަދަލު ކޮއްލީ.. ޖަޒީރާ ރާއްޖޭގެ ބޮލުރޮދީންނައް ފެނޭތަ އިންޑިޔާއިން ޚަރަދު ކޮއްގެން ތަރައްގީވެފަ އޮތް ގައުމެއް..؟ އެފަދަ ގައުމެއް ނެތް ހިނދުގާތަ ތިޔަ ވިސްނަނީ އިންޑިޔާ ބަޖާޖުންތައް ރާއްޖެ ތަރައްގީކުރަން ބޭނުންވެގެން އުޅޭހެން.. ރާއްޖެ އިންޑިޔާގެ އަޅަކައް ވެގެންދާނީ މި ސަރުކާރުގެ ބޮލުރޮދީންގެ ސަބަބުން.

ނަޝްވާ

އިންޑިޔާއިން ދޭ އެއް ބިލިޔަން ޑޮލަރަކީ ޗައިނާއިންދޭ އެއް މިލިޔަން ޑޮލަރު ގެ އަގުވެސް ނުހުންނާނެ. އިންޑިޔާއިން އެއްބިލިޔަންޑޮލަރުދެނީ ރާއްޖޭގެ ތަރައްގީގައި ބުރަކި ޖައްސާފަ ބެހެއްޓުމައް..

ދެކޭމީހާކިޔާމީހާ

ކަލޭމެން ކުރީ ކީއްތޯ!

މާނާ

އިންޑިއާ އިން ރާއްޖެ އަށް ހެވެއް ނޭދޭނެ. އެމީހުން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން އަޅުވެތި ކުރަން. އެމީހުން އެންމެ ނަފްރަތު ކުރަނީ ރާއްޖޭގެ ރައްޔިތުން ނަކީ ސައްތަ އިން ސައްތަ މުސްލިމުން ނަށް ވީކަން. އިންޑިއާ ގެ ހިންދޫން ނަކީ މުސްލިމުން ނަށް ވަރަށް ނަފްރަތު ކުރާބައެއް. އެމީހުން ބޭނުންވަނީ މި ޤައުމުގެ މިނިވަން ކަމާއި، އިސްތިޤްލާލް، އަދި ދީން އެމީހުންގެ މުށުތެރޭގަ ބޭއްވުމަށް.

ކާސްޓުނިޒާމުނޯ#

ތަހުޒީބު ނުވާ ގައުމކަާ ގުޅޭނީ ވެސް ނާތަހުޒީބު ބައެއް. ދުނިޔޭގެ 1 ވަނަ އިގްތިސާދާ ޒަމާނީ ތަރއްގީގެ ބާނީ ޗައިނާ އަށް ފުރަގަސް ދޭނީ ޖާހިލުކމަުގެ އައްޕައިން. ވެރިކަމުގެ ލައްޒަތުގަ މޮޔަވެފަ ތިބި ބަޔަކު. ޗައިނާ ލޯނު ދެނީ އިގްތިސާދީ ގޮތުން ގައުމުތައް ފައިމައްޗަށް ތެދުކުރަން. ޗައިނާގެ ނޯންނާނެ އިސްތިއުމާރީ ތާރީޚެއް. އެހެންކަމަުން، ޗައިނާގެ ލޯނު ނުގުޅުވޭނެ އަޅޫވެތިކުރުމަކާ. ކާސްޓު ނިޒާމު ގަބޫލުކޮށްގެން ތިބު ބުއްދާއިން އަޅުވެތިކުރާނީ.

އައްޔު

އިންޑިޔާއިން ނޮވެމްބަރ 03 ގައި ދިމާވި ހާދިސާއަށްފަހު ރާއްޖެއިންފޭބީ ކަމަށް ދިވެހިންނަށް އެނގިފައި އޮތަސް އެކަން ވެގެންދިޔައީ އެހެނެއްނޫން އިންޑިޔާގެ އަސްކަރިއްޔާއިން އެއޮޕަރޭޝަނަށް ކުރި ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ދެއްކިކަމަށް ނޫސްތަކުން އެބަފެނޭ އަދި ރަޖީވްގާންދީއާއި މައުމޫނާއި ދެމީހުންގެ ގުޅުމުގެ ސަބަބުން އިންޑިއާގެ މިލިޓަރީން ފައިބަން ބޭނުން ނުވިޔަސް އެކަން ކުރަން މަޖުބޫރުވީ. ތީ އިންޑިއާ އަމިއްލަ ޤައުމުގެ ފަޤީރުކަންނައްތާލަން މަސައްކަތް ނުކުރާ ބައެއް އެހެން ބަޔަކަށް ކަމެއްކޮށްދޭނެތަ؟ އިންޑިޔާގައި އިންސާނުންނަށްވުރެން ގެރީގެ ހައިބަތު ބޮޑު

ދެކޭމީހާކިޔާމީހާ

ކަލޭމެން ލޯނުދީ އެހީދީ ރިޝްވަތުދީހެދީ އެއްވެސްކަމެއް މަތިނުކޮއްތޯ ސުވާލުއުފެދެއެވެ. ކަލޭމެން މިކަންތައްތައްކޮށްދިނީމައި، އިންޑިޔާއާއި ރާއްޖެ ޖިސްމާނީގޮތުން ދުރުނުވިނަމަވެސް، ފިކުރީގޮތުން ދުރުވިތަނަކީ، އަހަރުމެން ދުއްތަނެކެވެ. ޖަވާބެއް އެބައޮތްތޯއެވެ؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910