ހަބަރު

ރެކޯޑް އަދަދަކަށް ވާރޭވެހި، މާލެ ފެންބޮޑުކޮށްލައިފި

މާލެއަށް ބޯކޮށް ވާރޭވެހި، ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ. ވާރެއާ ހެދި އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ.

މިއަދު ހެނދުން ފެށިގެން މާލޭއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، އަދިވެސް ވާރޭ ތުނިކޮށް ނުލަ އެވެ. މެޓް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

މާލެއަށް ވެހެމުންދިޔަ ވާރޭ އެންމެ ބޯކޮށްލާފައިވަނީ މެންދުރުގެ ވަގުތުގަ އެވެ. އޭރު ވެހެން ފެއްޓި ވާރޭ ހުއްޓާ ނުލާ މިހާރު މާލޭގެ ހުރިހާ މަގެއްގައި ވަނީ ފެންބޮޑުވެފަ އެވެ.

އެންމެ ބޮޑަށް ފެން ބޮޑުވާ މާފަންނުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު އެހެން އަވަށްތަކުގެ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ. އެންމެ ގިނަ މީހުން ބޭނުން ކުރާ އަމީނީ މަގަމާއި މަދީޖީ މަގުގެ ހުރިހާ ސަރަހައްދެއްގައި ފެން ބޮޑުވެފައިވެ އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާއިރު ބައެއް ސަރަހައްދުތަކުގައި ކަކުލާ ހަމައަށް ވަނީ ފެން ބޮޑުވެފަ އެވެ.