ހަބަރު

ފެން ހިންދުމަށް އެލިއާއިން ނުވަ ޕަމްޕް ހަދިޔާކޮށްފި

Dec 5, 2018
2
އެލިއާގެ އެމްޑީ، އަލާއު އަލީ މިއަދު ސިފައިންނަށް ޕަމްޕް ހަދިޔާކުރައްވަނީ. -- ފޮޓޯ | އެމްއެންޑީއެފް
100%
0%
0%

މިއަދު މާލެއަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާގައި، ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެލިއާ ކޮންސްޓްރަކްޝަން އިން އެމްއެންޑީއެފްއަށް ޕަމްޕް ހަދިޔާކޮށްފި އެވެ.

ފެން ހިންދުމުގެ މަސައްކަތް ސިފައިން 14 ސަރަހައްދެއްގައި ކުރަމުން އަންނަ އިރު، އެމްއެންޑީއެފްއިން ބުނީ ފެން ހިއްކުމަށް އެހީތެރިވުމުގެ ގޮތުން ހަތަރު ޑީސަލް ޕަމްޕާއި ފަސް އިލެކްޓްރިކް ޕަމްޕް ހަދިޔާކޮށްފައިވާ ކަމަށެވެ. މިހާރު މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ އޮޕަރޭޝަންގައި އެ ޕަމްޕްތައް ބޭނުން ކުރާނެ އެވެ.

މީގެ އިތުރުން އެހެން ބައެއް ކުންފުނިތަކުން ވެސް ޕަމްޕް ހަދިޔާކުރަން ޝައުގުވެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މާލޭގައި މިއަދު އެހާ ބޮޑަށް ފެންބޮޑުވީ މާލޭގައި ހުރި ފެން ހިންދާ ޕަމްޕްތައް ހަލާކުވެފައި ހުރުމާ ގުޅިގެން އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސުންބުލި

ޢަލް ޙަމްދު لله. އިޙްސާންތެރިކަމުގެ ޖަޒާ އިޙްސާންތެރިކަމުން ދެއްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން.

ކައުންސެލަރު

ސާބަހޭ އެލިއާ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345