ހަބަރު

ޕްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާއިން އަންނަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގަނީ

Dec 6, 2018

ޕްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ (އެފްއޭއައިއެމް)އިން ގިނަ ހަރަކާތްތަކެއް ފަށަން ހިންގަން ތައްޔާރުވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެފްއޭއައިއެމްގެ ރައީސް އަހުމަދު އަމްޖަދު ވިދާޅުވީ އަންނަ އަހަރު ވެސް އެ ޖަމިއްޔާއިން އިންޑިއާ ސަރުކާރާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. މިގޮތުން މުނިފޫހި ފިލުވުމާއި ސިއްހީ ދާއިރާއިން ދިވެހިން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއައިއެމްއިން އެންމެ ފަހުން ހިންގާފައިވަނީ ސިއްހީ ދާއިރާއާ ގުޅުންހުރި ޕްރޮގްރާމެކެވެ. "ހެލްތް އެންޑް ވެލްނަސް" ފޯރަމެއް ވަނީ ބާއްވާފަ އެވެ.

"ހެލްތް އެންޑް ވެލްނަސް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވާފައިވަނީ އިންޑިއާގެ މާހިރެއް ކަމަށްވާ ޑރ. ގިރިންޑޯ ޑޭވީ އެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ފަލަވުމާ ބެހޭ ގޮތުންނެވެ.

އެފްއޭއައިއެމްގެ ރައީސް އަމްޖަދު ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ފަލަވުމުގެ މައްސަލަ ކުރިމަތިވެފައި ތިބި ގިނަ ބަޔަކަށް މުހިންމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

"ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެން ދިޔަ،" އަމްޖަދު ވިދާޅުވި އެވެ.