ހަބަރު

އެސްކަވޭޓަރަކުން ޖެހި ބިދޭސީއަކު މަރުވެއްޖެ

ގއ ކަނޑުހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް އެސްކަވޭޓަރަކުން ޖެހި އަނިޔާވެގެން ބިދޭސީ މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 8:45 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އެރަށުގައި އެމްޓީސީސީ އިން ކުރިއަށްގެންދާ ބަނޑަރު ހެދުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. އޭނާ މަރުވެފައިވަނީ އެސްކަވޭޓަރުން ޖެހި އަނިޔާވުމުން ކަނޑުހުޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 9:35 ހާއިރު އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝަހީމް "އަވަސް" އަށް ވިދާޅުވީ، އެސްކަވޭޓަރުން ޖެހި މަރުވި މީހާގެ ބޭރުފުށުން މާ ބޮޑެތި ޒަހަމްތަކެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އެތެރަހަށްޓަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

މަރުވި ބިދޭސީ މީހާ މާލެ ގެނައުމުގެ މަސައްކަތް އެމްޓީސީސީއާއި އެރަށު ސިއްހީ މަރުކަޒް ގުޅިގެން ވަނީ ފަށާފަ އެވެ.