ރިންގް ރޯޑް

އެހާ ބޮޑަށް ފެންބޮޑުވީ ރިންގް ރޯޑް ހަދާފައިވާ ގޮތުން: މާރިޔާ

Dec 6, 2018
34
33.3%
8.3%
58.3%

މީން ދުވަހަކު ފެންބޮޑުނުވާ ވަރަށް މާލެ ތެރެ އިއްޔެ ފެންބޮޑުވި އެއް ސަބަބަކީ މާލެ ވަށައިގެން މިފަހުން ހެދި ރިންގް ރޯޑް މާ އުސްކޮށް ހަދާފައި ހުރުން ކަމަށާއި އެއީ އެ މަޝްރޫއުގެ ޕްލޭނިންގައި އުޅޭ ވަރަށް ބޮޑު މައްސަލައެއް ކަމަށް ހާމަވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓަށް ރޭ ވަޑައިގެން، މީޑިއާތަކާ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މެކޭނިކަލް ޕަމްޕްތައް ބޭނުންކޮށްގެން ވެސް ފެންގަނޑު އަވަހަށް ހިންދާލަން އުނދަގޫތަކެއްވީ، ރިންގް ރޯޑް ހެދުމުގައި އެ މަގު މާބޮޑަށް އުސްކޮށް ހަދާފައި ހުރުމުން ފެންގަނޑު ރަށު ތެރެއަށް ފައިބާތީ ކަމަށެވެ. އެއީ އެ މަގު ހެދިއިރު އޭރުގެ ހައުސިން މިނިސްޓްރީއިން ވިސްނާފައި ނެތުމުން ދިމާވި ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވި ގޮތުގައި މިއީ "އަމާ ބުނީތީ ފަރަށްދާ ގޮތަށް ތަރައްގީ" ގެނައުމުގެ ނަތީޖާ އެވެ.

"މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު [މާލޭގެ ބޭރުމަގު] އުސް. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރެއްވި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ، ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރިންގް ރޯޑް މަޝްރޫއު ހެދުމުގެ ކުރިން، ހަދަން ޖެހޭ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް ހަދާފައި ނުވާތީ، އީޕީއޭއިން ވަނީ ހައުސިން މިނިސްޓްރީ މީގެ ކުރިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. ސިނަމާލެ ބްރިޖާ ގުޅިގެން ދާނެ ގޮތަށް ރިންގް ރޯޑް ހެދީ މަގުގެ ދެ ފަރާތުގައި ހުރި ގަސްތައް ވެސް ކަނޑާލުމަށް ފަހު ތާރު އަޅައިގެން އެވެ. އެ މަޝްރޫއަށް ހަރަދުވި ފައިސާގެ އަދަދުތަކެއް ހައުސިން މިނިސްޓްރީ އިން އޭރު އާންމެއް ނުކުރެ އެވެ.

އިއްޔެ ހެނދުނު 10 ޖެހިއިރު ވެހެން ފެށި ވާރޭ އިރުއޮއްސެން އުޅެނިކޮށް ހުއްޓާލިއިރު، މާލެއަށް ވަނީ 223.5 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފަ އެވެ. އިއްޔެގެ ފެންބޮޑުވުމުގައި، ދެ އާއިލާއެއްގެ 20 މީހުން ތިބިގެތަކުން ނެރެ ވަގުތީ ހިޔާވަހިކަމަށް ގެންނަން ޖެހުނެވެ. އަދި 160 އަށް ވުރެ ގިނަ ގެތަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ. އެންމެ ބޮޑަށް ފެނުގެ އަސަރު ކުރީ، މާފަންނު ކޮޅު އައިޖީއެމްއެޗް ސަރަހައްދުގައި ހުރި ގެތަކަށެވެ.

ރައީސް ސޯލިހުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވީ، މި ސަރުކާރުން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނަން ކަމަށެވެ. ފެންގަނޑު މުޅިން ހިންދާ ލެވުނީ ރޭ ދަންވަރު ވާން އުޅެނިކޮށެވެ.

34 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަސ1

ޔާމީންގެ ޖަވާބު. ރިންގް ރޯޑްގަ ފެން ބޮޑުވިތޯ. ނުވޭ ދޮއްތޯ. އެހެންވީމަ ރިންގް ރޯޑްގެ މައްސަލައެއް ނެތް ދެއްތޯ... މާރިޔާ... "މިކަންތައް އެންމެ ބޮޑުވާ ގޮތަކީ އެ ހައްދަވާފައި ހުރިއިރު، އެތާގައި ހުރީ މެކޭނިކަލް ޕަންޕު ލައްވާފައި. އެކޮޅު [މާލޭގެ ބޭރުމަގު] އުސް. އެހެންވީމަ ހުރިހާ ފެނެއް ރަށު ތެރެއަށް މި ހިފަނީ. އެ ވާހަކަ އެމްއެންޑީއެފާއި ނެެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ވެސް ކުރިން ވެސް ހިއްސާ ކުރެއްވި. މިއަދު ފެނިގެން ދަނީ ދެބައިކުޅަ އެއްބައި ތަރައްގީ، ހަދަންޖެހޭ ގޮތަށް ނޫން ގޮތަށް ހެދުނީމަ ދެން އެ ދިމާވާ ދަތިތައް މި ފެނިގެން ދަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،

މަ

މާލެ ފެންބޮޑުވީމަ ވާވަރު ދޯ! ނިކަން ރާއްޖެތެރޭ ރަށެއްގަ އުޅެލަބަ ވިއްސާރަ އިރެއްގަ.

ޖަރީމާ ރާއްޖެ

ތަޅާ ސުންނާފަތި ކޮއްލާ

މަންތާ

ގުދުރަތީ ކަމަކާ ރިންގުރޯޑާ ހުރީކޮންގުޅުމެއް އެވަރުވެސް ނޭގޭ ގަމާރެއްތަ މީ

ފެން ފަތަފޮޅި

ނަޝީދުގެ ހިމަނާރަށް އަސަރުކުރާނެ މާރިޔާ މާމަ ގިނަވާހަކަ ނުދައްކާހުރެވޭތޯ ބަލާ . ......

މަހަށްދޭބަލަ

ކޮން މިނިމަމް ވޭޖޭ ކިޔާ ޕްރޮޕެގެންޑާ ފަތުރަންތޭ ތަމެން އަސްލު މައްސަލަ ހައްލު ކުރަންވީ ނޫންތޭ އެކަން ނުކުރެވެންނާ އެހެރީ ވަން ދޮރު ގެއަށް ކަނޑާލާ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލާ އެމެން ރަށަށް ފޮނުވާލުމުގެ މަސައްކަތް ތަމެންނަށް ޕޮލިހާއި ހަވާލު ނުކުރެވިގެން އުޅެނީ އެއީ އެމްޑީޕީ އެއްޗެހި ތައް ވިއްޔާ އެންމެ ގިނައީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދޯ މަހަށް ދޭބަަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

ދޮންބެ

އަބަދުވެސް ޔާމީން ސަރުކާރުގެ ބޮލަށްކަނޑާލާ އުސޫލު. ބަލަ ކަލޭމެންނަށް ނުވަންޏާ ގެއަށް ދޭބަލަ. ކުރެވޭނެ ގާބިލު މީހުން އެބަތިއްބޭ. ދޭބަލަ ކުޑަކުދިން ... މީހުން ޖަލުން މިނިވަންކުރަން. ނަޒާހަތްތެރިކަމޯ! ސުންނަތުން ވާރިދުވެފައިވާ ސިފަތައް ހުރި ރައީސެކޯ. ކޮބާ ލަދު؟

ޑިފެންސް

މާރިޔާ އަށް ނޭންގޭ ބާ މިފަހުންމިހާ ވާރޭ ނުވޭކަމެއް. ރިކޯޑް އަދަދަކަށްވެހުނޭ. ފެން ބޮޑު ވީ ގިނައިންވެހުނީމަ

ކާފ

ކީކޭދޯ ބުނާނީ މި މާރިޔާމެން ހިތުން އެމީހުން ދައްކާހާވާހަކައެއް އެހެންމީހުން ގަބޫލުކުރާނެ ބަލަ މާލެއަށް ވާރޭވެހޭވަރު އިތުރުނަމަ އަބަދުވެސް ސިފައިން ނިކުމެ ފެންހިންދުމާއި ވެލިގޯނި ޖެއްސުމުގެ ކަންތަކުގައި އުޅޭނެ މާރިޔާގެ އޯޑަރެއް ނުލިބޭތީ ސިފައިން ތިބީ އެކަމާ ނޫޅެވިފައި

ސަމާ

ތިޔައީ މީހަކުކުރި ކަމެއްނޫން. ޤުދުރަތީ ކަމެއް. މާތް ﷲ ކަމަކަށް އިރާދަ ކުރެއްވިއްޔާ ކިތަންމެ މޮޅަށް ހަދާފަ ހުއްޓަކަސް އެކަމަކަށް އެއްވެސް ސަލާމަތެއްނެތް. ރާއްޖޭގެ ތަންތަނަށް ވުރެ ބޭރު ޤައުމުތަކުން އެތަކެއްމާހިރުންނާ އެތަކެއް އެކްސްޕާޓުންގޮސް ހަދާފަ ހުންނަތަންތަން އެއްމެ ސިކުންތަކުން ފަނާވެގެން އެބަދެއެވެ. އެހެން ވީމާ އެއްވެސް މީހެއްގެ ބޮލަކަށް އެއްވެސް ކަމެއްޖެހުމަކީ ހަމަޖެހޭ ކަމެއްނޫނެވެ.ޤުދުރަތީ ކަންކަމާކުޅެންނުއުޅޭށެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345