ހަބަރު

ރައީސް އޮފީހުގެ މިނިސްޓަރުން ފެންވަރުގެ ހަވަނަ މަގާމަށް ސަމީރު

Dec 6, 2018
5

ރައީސް އޮފީހުގެ މިނިސްޓަރުކަން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް މިއަދު ދެއްވައިފި އެވެ.

ސަމީރު އެ މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހަވީރު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިއީ ރައީސް އޮފީހުގެ ފަސް ވަނަ މިނިސްޓަރެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް މިއަދު ސަމީރު އައްޔަން ކުރައްވާފައިވާއިރު ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމްއަށް ވެސް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފަ އެވެ. ރައީސް ސޯލިހުގެ ފުރަތަމަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އަލީ ޝިޔާމް ވެސް އައްޔަން ކުރެއްވި އެވެ. އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަކީ ވެސް އެ އޮފީހުގެ މިނިސްޓަރެކެވެ.

އޭގެއިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ ފެންވަރުގައި ޗީފް އޮފް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އައްޔަން ކުރައްވާފަ އެވެ.

ރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީއަށް މިނިސްޓަރު ފެންވަރުގެ މަގާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފައިވެ އެވެ. އެއީ، ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމެވެ.