ދުނިޔެ

ނަސްލީ ތަފާތުކުރުން ނައްތާލަން ސޮއި ނުކުރުމުން މެލޭޝިއާގައި އުފާފާޅުކުރަނީ

Dec 9, 2018
1

ކުއަލަ ލަމްޕޫރު (ޑިސެމްބަރު 8) - ނަސްލީ ތަފާތުކުރުން ނައްތާލުމާއި ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއި ނުކުރުމަށް ނިންމުމުން، މެލޭޝިއާގައި އެތަކެއް ހާސް ބަޔަކު ނުކުމެ އުފާފާޅުކޮށްފި އެވެ.

އެ މުއާހަދާގައި ސޮއި ކުރުމަށް މެލޭޝިޔާ ސަރުކާރުން ނިންމި ނިންމުން ބަދަލުކުރީ، އިދިކޮޅު ދެ ޕާޓީއެއް ގުޅިގެން ގާނޫނު އަސާސީ އާއި ހިލާފުވާކަމަށް ބުނެ ކުރި މަސައްކަތުންނެވެ.

ނަސްލީ ތަފާތުކުރުން ނައްތާލުމާއި ގުޅޭ މުއާހަދާގައި ސޮއި ނުކުރާ 14 ގައުމެއް އޮތް އިރު، އިދިކޮޅު ޕްރެޝާރާއި ގުޅިގެން، ސަރުކާރުގެ ނިންމުމެއް ބަދަލުކުރަން މަޖުބޫރުވުމަކީ، ބޮޑު ވަޒީރު މަހާތީރު މުހައްމަދުގެ ސަރުކާރުގެ ބަލިކަށިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި މެއި މަހު ބޭއްވުނު މެލޭޝިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި ބޮޑު ވަޒީރު ކަމަށް މަހާތިރު މުހައްމަދު ވަޑައިގަތުމާ އެކު ވައުދުވެވަޑައިގެންނެވި އިސްލާހީ މަސައްކަތަށް ވެސް ވަނީ އެކަމުގެ ސަބަބުން ހިޔަނި އެޅިފަ އެވެ.