ހަބަރު

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކިން ހަދައި ވައުދެއް ފުއްދައިފި

ވީއައިއޭ 10، ޑިސެމްބަރު 2018: އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭ ތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
77.3%
18.2%
4.5%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ޓްރާންޕޯޓް މިނިސްޓްރީ އަށް ކަނޑައަޅާފައިވާ ވައުދެއް މިއަދު ފުއްދައިފި އެވެ.

ވީއައިއޭގައި އެއްގަމު އުޅަނދު ފަހަރު ޕާކު ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކު ކުރެވޭ ސަރަހައްދު އުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި މި ވައުދު ފުއްދެވުމަށްފަހު މިނިސްޓަރު ނަހުލާ ވިދާޅުވީ މި ވައުދު ފުއްދުމާއެކު ކުރިން މުވައްޒަފުން ފައިސާ ދީގެން ޕާކު ކުރަމުން އައި އައުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"މި ހިދުމަތް ތައާރަފު ކުރުމާއެކު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 700 ޖާގަ އޮންނާނެ. މިކަމުގެ ސަބަބުން މިހާރު ޕާކު ކުރަން މުވައްޒަފުން ދައްކާ 10ރ. ނުދައްކައި ހިލޭ ޕާކު ކުރެވޭނެ. މިގޮތަށް ހަމަޖެހުމުން އެއާޕޯޓުގައި އެކި ޝިފްޓަށް އަންނަ މުވައްޒަފުންނަށް ފަސޭހަ ވެގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މުސްތަގުބަލުގައި މިހާރު ކަނޑައަޅާފައިވާ ޖާގައިގެ އިތުރުން އިތުރު 1000 ޖާގަ އުތުރު ފަރާތުން ހަމަޖެހިގެންދާނެ ކަމަށެވެ.

ވީއައިއޭ 10، ޑިސެމްބަރު 2018: އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭ ތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް

ޓްރާންސްޕޯޓު މިނިސްޓްރީ އަށް 100 ދުވަހުގެ ތެރޭގައި 15 ވައުދެއް ފުއްދުމަށް ކަނޑާފައިވެ އެވެ. މި ވައުދާއެކު 5 ވައުދު ފުދިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ މި ސަރަހައްދުގައި އުޅަނދު ފަހަރު ޕާކު ކުރާއިރު ސަލާމަތީ ގޮތުން ބައެއް ކަންތައްތައް ފުރިހަމަ ކުރާނެ ކަމަށެވެ.

"މިއީ އެއާޕޯޓުގެ ވަރަށް ކްރިޓިކަލް ސަރަހައްދެއް. އެހެންވެ މިކަމަށް ކޮންމެވެސް ވަރެއްގެ ގަވާއިދުތަކެއް އޮންނާނެ. އެހެންވެ ސައިކަލްތަކުގެ ރަޖިސްޓްރީ ފަދަ ގަވައިދުތަކެއް އޮންނާނެ. އެ ގަވާއިދުތައް ކަމާބެހޭ އޮފީސްތަކަށް ފޮނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެއާޕޯޓުގެ މުވައްޒަފުންގެ އަތުން މިއަދާ ހަމައަށް ޕާކިން ފީގެ ގޮތުގައި ގަޑިއަކަށް 10ރ. ޗާޖު ކުރެއެވެ. މިއީ އެހެންކަމުން އަށް ގަޑިއިރު ޑިއުޓީ ނިންމާފައި ގެއަށް ދާއިރު ކޮންމެ ދުވަހަކު 80ރ. އެއާޕޯޓުގައި އުޅޭ މުވައްޒަފުންގެ އަތުންދެ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 2400ރ. އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުއްދަން ކަނޑައަޅާފައިވާ 153 ވައުދުގެ ތެރެއިން 16 ވައުދެއް މިހާތަނަށް ވަނީ ފުއްދާފަ އެވެ. މި ވައުދުތައް ފުއްދުމަށް ކަނޑައަޅާފައިވަނީ 23 ދުވަހާއި 100 ދުވަހުގެ މުއްދަތެއްގަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޟަމީރު

މިހާރު ރުފިޔާ ނަގައިގެން ޕާކު ކުރެވޭ ތަނުގައި ރުފިޔާ ނުނަގައި ޕާކުކުރެވޭ ގޮތް ހަދާފައި.. ޓާމިނަލް އާ ކައިރިން އަގު ދީގެން ޕާކުރެވޭނެ ގޮތެއް ހަމަޖެއްސުން ކިހިނެއް ވާނެވާ؟

ލލ

ތިތަނަށް ފުރަންދާ އާދައިގެ ރައްޔިތު މީހާގެ ތަކެތި ޕިކަޕްގައިވެސް ގެންދެވެން އެބަޖެހޭ ހަމައެކަނި 100 ރ ދީފައި ކާރުގައި ނުދެވޭ ނެ !

ލލ

ތިތަނަށް ފުރަންދާ ޕަސެންޖަރުންގެ ލަގެޖު ފަސޭހައިން ތިތާ ކައިރިޔަށް ބޭލޭނެ ނިޒާމެއް ބޭނުންވޭ ނުންތޯ ؟

އަހާނަމަ

ކޮބާ! އައިިޝާވަރެއްނެތް

ކެރޭ އާއިޝާ

އަހަރެން ލަދެއް ނުގަނޭ. ވަނީ އުފާ. މަގޭ އަނބިމީހާ އަހަރެން ސަލާމަތް ކުރަން ފުރާނަ އިން ގުރުބާންވި ނަމަ ދޭނީކީ މިނިސްޓަރ ކަމެއް ނޫން. އެއަށް ވުރެވެސް މަތީ ކަމެއް. ތި ކިޔަވައިގެން ތިބި ދުންޔާ މެން، ޒަހާ މެން ޔުމްނާ މެނަށް ވުރެ 50000 ބައި ކުޅަދާނަ އާއިޝާ. އެމީހުން ހާވަނީ ހަޑި. ހޭވީ ހަޑި.

ދައްކަވަން ހުރި ތަނެއް ދައްކަވާނެ!

ލަދުން ބޯހަލާކުވާވަރު ވެއެވެ.

ފަރިފަރިލާސާނީ

ހީވާގި އާއިޝާ

މުއަށްޒަފު

ދެން އެއާރޕޯޓްއިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެތަނާހަމައަށް ސްޓާފްބަސް ފޯރުކޮށްދިނީމަ ހަމަ އެއްވަނަ.

ޑިމޮކްރަސީ

އެއަރޕޯރޓް މުވައްޒަފުންނަށް އޯކޭ ފްރީކޮށްޕާރކް ކުރުން އެކަމު ޢާންމުންވެސް އެއަރޕޯތަށްދަނީ ބޭނުމެއްޖެހުނީމަ އެޓްލީސްޓް ސައިކަލުތަކުގަ ދާމީހުންގެއަތުން ފައިސާ ނުނަގާ ޕާރކް ކުރެވޭނެގޮތް ހަދާދީ ސައިކަލް ޕާކިން އެއަށްވުރެ ކައިރި ހިސާބެއްގަ ޕާރކްކުރެވޭގޮތް ހަދާލަ ދީފިނަމަ ރައްޔިތުންނަށް ލުޔެއްލިބިދާނެކަމަށްފެނޭ

އަބްދުﷲ

ސާބަސް އިބޫ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910