ހަބަރު

ރައީސް ސޯލިހު އުކުޅަހަށް ވަޑައިގެންފި

Dec 10, 2018
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު އއ. އުކުޅަހަށް ވަޑައިގެންފި އެވެ. އުކުޅަހަކީ އެމަނިކުފާާނު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިއުލާންވެގެން ދިޔަ ރަށެވެ.

ރައީސް އުކުޅަހަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފަ އެވެ.

ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އުކުޅަހަށް ވަޑައިނުގަންނަވަ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރައީސް ކަމާއި އުކުޅަހާ ވަނީ ގުޅި ލާމެހިފަ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލަކީ އުކުޅަސްކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް މިއަދު އއ. ފެރިދޫއަށް ވެސް ވަޑައިގަންވާނެ އެވެ.