ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބިލު ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަން މަޖިލީހަށް ހުށަހެޅީ ސަރުކާރު ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވެފައިވަނީ ދަނޑުވެރިކަން ފަށާ ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި އިގްތިސާދު ފުޅާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ މާއްދާގައި ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިިސްޓްރީ އިން އާންމުކޮށް ޝާއިއު ކުރާ ތަކެތި ވަނީ ހިމަނާފަ އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެ ބިލާ މެދު މިއަދު ބަހުސްކޮށް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހާނެ އެވެ.