ހަބަރު

އެމްޓީސީސީގެ އެމްޑީއަކަށް ޝާހު

Dec 11, 2018
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީގެ އެމްޑީގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ، ސަރުކާރުގެ ލަފާގެ މަތިން އެމްޓީސީސީގެ އެމްޑީއެއްގެ ގޮތުގައި ހަމަޖެއްސީ، ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހް ކަމަށެވެ. ޝާހު އަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެކެވެ. އަދި އޭގެ ކުރިން އޭނާ ވަނީ އެ ޕާޓީ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭނާ ވަނީ، އެމްޕީއެލްގެ ޗެއާމަންކަން ވެސް އަދާކޮށްފަ އެވެ. އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އޭނާ ފުރުއްވި އެވެ.