ހަބަރު

މާޅޮހު މަޖުދީ ކުއްލިގޮތަކަށް އަވަހާރަވެއްޖެ

Dec 12, 2018
4

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މަޖުދީ އިބްރާހިމް މާޅޮހު މަޖުދީ ރޭގެ ދަންވަރުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

މަޖުދީ އަވަހާރަވިއިރު، އުމުރުފުޅަކީ 56 އަހަރެވެ. މަޖުދީ އަވަހާރަވި އިރު އޭނާ އަކީ ޖުމްހޫރީ ޕާޓީގެ އިސްލާމިކް ކޮމިޓީގެ ޗެއާ އެވެ. ނޭވާލާން އުދަނގޫވެގެން ރޭ ދަންވަރު ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މަޖުދީ އަވަހާރަވީ އިރު، އޭނާ ވަނީ ޖޭޕީގެ ހަރަކާތްތަކުގައި އިއްޔެ ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް ރާއްޖޭގެ ތައުލީމީ ދާއިރާގައި އޭނާ ހިދުމަތް ކުރެއްވި އެވެ. މަޖުދީ މިފަހުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކާއި އެހެން ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.