ހަބަރު

ޕޮލިސް ކޮމިޝަނަރުކަމުން ހަމްދޫން ވަކިކޮށްފި

Dec 12, 2018
9

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޮލިސް ކޮމިޝަނަރުކަމުން ހަމްދޫން ރަޝީދު މިއަދު ވަކިކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން އައްޔަންކުރީ، ރިޔާސީ އިންތިހާބަށް ފަހު. އޮކްޓޯބަރު މަހުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީން އެވެ. ހަމްދޫން އެ މަގާމަށް އައްޔަން ކުރީ އޭރު ހުންނެވި، ކޮމިޝަނަރު އަބްދުﷲ ނަވާޒު އެ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. އިންތިހާބީ ރައީސް ހުވާކުރައްވަން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އިންތިގާލީ މަރުހަލާގެ ތެރެއިން ފުލުހުންގެ އެންމެ މަތީ މަގާމަށް ބަދަލުގެނައުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

ފުލުުހުންގެ ހިދުމަތުގައި ހަމްދޫން ވަނީ 20 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.