ހަބަރު

ރައީސް ސޯލިހު ގެމަނަފުއްޓަށް، ނައިބު ރައީސް ފައިސަލް އައްޑު އާއި ފުވައްމުލަކަށް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، ނައިބް ރައީސް ފައިސަލް ނަސީމް އަތޮޅުތެރެއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު ވަޑައިގެންފައިވަނީ ގއ. ގެނަމަފުއްޓަށެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައިސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.

ނައިބް ރައީސް ފައިސަލް މިއަދު ހެނދުނު ފުރާވަޑައިގެންފައިވަނީ އައްޑޫ ސިޓީއަށާއި، ފުއައްމުލަކު ސިޓީއަށެވެ. ފައިސަލްގެ އެ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބައެއް މުޢައްސަސާތަކަށާއި ފުވައްމުލަކު ސިޓީގެ ބައެއް މުޢައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.