ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ނަމުގައި ސިޔާސީ މެސެޖް ފޮނުވާ މައްސަލަ ބަލަނީ

ޕެންޝަން އޮފީިހުން ކަމަށް ބުނެ ލިބެމުންދާ މެސެޖުތަކާ އެ އޮފީހާ ގުޅުމެއް ނުވާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ޕެންޝަން އޮފީހުގައި ރަޖސްޓްރީ ވެފައިވާ ފަރާތްތަކަށް، އެ އޮފީހުގެ ނަންމަތީ ރޭގެ ވަގުތަކުން ފެށިގެން ލިބެމުންދާ މެސެޖްތަކުގެ މައްސަލަތް ކަމާބެހޭ ފަރާތާ ގުޅިގެން ބަލަމުންދާ ކަމަށެވެ. ޕެންޝަން އޮފީހުން ކަމަށް ބުނެ ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ ރާއްޖޭގައި ބޭރުގައުމެއްގެ އަސްކަރިއްޔާ އެއް އޮތުމާ ދިވެހިން ދެކޮޅު ކަމަށާއި، މިކަމާ ދެކޮޅަށް އަޑު ތެދުވާން ޖެހޭ ކަމަށެވެ.

"ދިވެހި ރާއްޖޭގަ ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު، މިކަމަށް ދިވހިން އަޑު އުފުލަން ޖެހޭ. ސޭ ނޯޓު ފޮތިން މިލިޓަރީ އޮކިއުޕޭޝަން." މެސެޖުގައި ބުނެފައިވެއެވެ.

މިފަދަ މެސެޖެއް ލިބެމުންދާއިރި މީގެ ކުރިނ، އިންޑިއާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރީ ބަނދަރެއް ހެދުމަށް ރާއްޖެއިން ހުއްދަށް ދޭނަމަ އެއްބިލިއަން ޑޮލަރުގެ ލޯނެއް ދޭނެ ކަމަށެވެ. މީހާރުވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހލިކެޕްޓަރު ބެލެހެއްޓުމަށް އިންޑިއާގެ 40 ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.