ހަބަރު

ލިލީ މަގާއިި ޗާންދަނީމަގުގެ ޓްރެފިކަށް ބަދަލު ގެންނަނީ

ލިލީ މަގާއި ޗާންދަނީމަގު އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށް އެސަރަހައްްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސް ޕޯޓް މިނިސްޓްރީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ، އަމީރު އަހުމަދު މަގު ހުޅުވުމާއެކު އެސަރައްދުގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެމަގުގައި ދުއްވޭނީ ކުރިންވެސް ދުއްވަމުން އައި ގޮތަށް ހުޅަނގުން އިރުމައްޗަށް ކަމަށްވެސް ރަފީއު ވިދާޅުވި އެވެ.

ރަފީއު ވިދާޅުވީ، ޗާންދަނީ މަގުގައި ދެކޮޅަށް ދުއްވޭބައި ކުރިއެކޭ އެއްގޮތަށް އެއް ކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. އަދި ލިލީ މަގުވެސް އެއް ކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަފީއު ވިދާޅުވީ، އެސަރަހައްދަކީ ސްކޫލްތައް ގިނަ ސަރަހައްދެއްކަމުން އެސަރަހައްދުގެ ރައްކާތެރިކަން ގާއިމް ކުރުމަކީ އެންމެ އިސްކަންދޭންޖެހޭ މަސައްކަތް ކަމަށެވެ. އެހެންކަމުން މި ބަދަލާއި ގުޅިގެން އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ރަފީއު ވިދާޅުވި އެވެ.

ޝަހީދު ކުޑަ އާދަމް ކުޑަ ތުއްތު ހިނގުން މަގާއި މެދު ޒިޔާރަތްމަގުވެސް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ޓްރެފިކަށްވެސް ބަދަލު އަންނާނެ ކަމަށްވެސް ރަފީއު ވިދާޅުވި އެވެ.