ދުނިޔެ

އިންޑިއާގެ ފައްޅިއަކުން ކައިގެން 11 މީހަކު މަރުވެއްޖެ

Dec 15, 2018
4

ކަރުނާޓުކާ (ޑިސެމްބަރު 14) - އިންޑިއާގެ ފައްޅިއަކުން ދިން ބަތް ކައިގެން 11 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި، އިންޑިއާގެ ކަރުނާޓުކާ ސްޓޭޓުގެ ދެކުނުގައި ހުންނަ ފައްޅިއަކުން ބެހި ބަތް ކައިގެން 70 މީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 11 މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ ބަތަށް ޒަހަރު އަޅާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

"އަހަރެމެންނަށް ދިނީ ފާޑެއްގެ ނުބައި ވަހެއް ދުވާ ޓޮމާޓޯ ބަތެއް،" އެ ފައްޅީގައި އެވަގުތު ހުރި މީހަކު މީޑިއާއަށް ބުންޏެވެ.

"އެ ބަތް ނުކައި، އެއްލާލި މީހުން ހަމަ ރަނގަޅު، ބަތް ކެއި މީހުން ވަގުތުން ހޮޑުލާން ފެށި."

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.