ރައީސް އޮފީސް

އިންޑިއާއަށް ސަފީރަކު އައްޔަންކޮށް، ސްޓޭޓް މިނިސްޓަރުކަން ތިން ބޭފުޅަކަށް

އިންޑިޔާއަށް ރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ. ދޫރިހާ، އާއިޝަތު މުހައްމަދު ދީދީ އައްޔަންކޮށް، އިތުރު ތިން ބޭފުޅަކަށް ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މިއަދު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް، ގ. އަލިޝާ، އަހުމަދު ޝަރީފާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، މ.އުނިމާ އަހުމަދު އާދިލް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފުވައްމުލައް ސިޓީ ދިގުވާނޑު، ނޫރުވާދީ، އަލީ ނާދިރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އިންޑިއާއަށް ކަނޑައަޅަފައިވާ ސަފީރު ވަނީ ރައީސް ސޯލހު ރައީސް ކަމުގެ ހުވާކުރުމުގެ ކުރިން މަގާމު އިސްތިއުފާ ދެއްވާފަ އެވެ.