ދިވެހި ސިނަމާ

ނިއުމާގެ ވަދާއީ ފިލްމުގެ އާ ޓްރެއިލާ ނެރެފި

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށް ގިނަ ކާމިޔާބުތައް ހޯދާފަައިވާ މަޝްހޫރު ތަރި، ނިއުމާ މުހައްމަދު ކެމެރާގެ ކުރިމަތިން ނިވާވެލުމުގެ ވުމުގެ ކުރިން ނެރޭ އެންމެ ފަހު ފިލްމު، "ނިވައިރޯޅީީ" ގެ ދެވަނަ ޓީޒާ ރިލީޒް ކޮށްފި އެވެ. ޖެނުއަރީ ތިނެއްގައި ރިލީޒްކުރާ ނިވައިރޯޅިއަކީ ފިލްމީ ދާއިރާގެ އެންމެ މަގުބޫލު އެއް ޖޯޑު، ޔޫސުފް ޝަފީއު އާއި ނިއުމާ އެކުގައި ފެންނާނެ ވެސް އެންމެ ފަހު ފިލްމެވެ.

ނިވައިރޯޅީގެ ދެވަނަ ޓްރެއިލާ

"ނިވައިރޯޅި" އަކީ "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ ފިލްމްތައް ގެނެސްދީފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ. އަދި މި ފިލްމަކީ ވެސް މޫމިން ސްޓައިލުގެ ފިލްމެއް ކަން ޓްރެއިލާ އިން އެނގުނެވެ. ޓްރެއިލާގައި ފެންނަނީ އަނިޔާތަކެއްގެ ޝިކާރައަކަށް ވެފައިވާ ނިއުމާގެ ދިރިއުޅުމެވެ. ތަފާތު ގޮތަކަށް ޓްރެއިލާ ފެންނައިރު، މި ފިލްމުގައި އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް ބަލާލާފައިވާނެ ކަމަށް ބެލެވެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި، ނިއުމާ އާއި ޔޫއްޕެގެ އިތުރުން ފާތިމަތު ޒީނަތު، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ އާއި އަހްމަދު ސައީދު، މަރިޔަމް ޝަކީލާ އާއި މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު އާއި އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

ފިލްމުގެ އިންޑޯ މަންޒަރުތައް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ނަގާފައިވާއިރު، އައުޓްޑޯ މަންޒަރުތައް ނަގާފައިވަނީ މާލޭގަ އެވެ.

ނިވަރިރޯޅި އަކީ ނިއުމާ ސްކްރީނުގެ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމަށްވުމުން، މި ފިލްމަކީ ނިއުމާ އަށާއި، ފިލްމީ ދާއިރާއަށް ވެސް ވަރަށް ހާއްސަ ފިލްމެކެވެ.