ސްޓެލްކޯ

ކައިރި ކައިރީގައި މާލެއިން ކަރަންޓު ދާން ފަށައިފި

މިއަދު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑި، އާންމު ދިިރިއުޅުމަށާއި މަސައްކަތްތަކަށް ބުރޫއެރި އިރު، ވެރިރަށް މާލެއިން، ކަރަންޓު ދިއުން އާންމު ކަމަކަށްވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ސަރުކާރުގެ މައި ކަރަންޓް ކުންފުނިންގެ ޓްވިޓާ ފީޑުގައި ކަރަންޓް ކެނޑުމާ ގުޅިގެން އެކި ފަހަރުމަތީން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިއަ މަހެއްހާ ދަވަހު ވެރިރަށް މާލެއިން ހަތަރު ފަހަރެއްގެ މަތީން ވަނީ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފަ އެވެ.

ކައިރި ކައިރީގައި ކަރަންޓް ކެނޑެމުންދާއިރު މި މަސްތެރޭ ފުރަތަަމަ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އޭގެ ފަހަށް މި މަހުގެ 12 ވަނަ ދުވަސް ކަރަންޓު ދިޔައެވެ. އޭގެ ފަހަށް މިދިއަ ހޯމަ ދުވަހު ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފައިވާއިރު މިއަދުވެސް ބައިގަޑިއެއްހާ އިރަށް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ގޮސްފައި ވެއެވެ.

މި ގޮތަށް ކަރަންޓު ކެނޑެމުންދާއިރު މި މަހަހުގެ 13 ވަނަ ދުވަހު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ކަރަންޓް ކެނޑެނީ މައި ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކުން ކަމާއި ކަރަންޓު ބޭނުން ކުރުމުގައި ވީހާވެސް މަދުން ބޭނުން ކުރުމަށް އެ ކުންފުނިން އެދިފައި ވެއެވެ.

ކަރަންޓަށް މައްސަލަތައް ދިމާވަމުން ދާއިރު ކަރަންޓުގެ މަސައްކަތް ހައްލު ކުރުމަށްޓަކާ ވޭތުވެ ދިޔަ ސަރުކާރުން ވަނީ ގިނަ މަސައްކަތެއް ކޮށްފަ އެވެ.