އަންހެނުން

ސްޓްރެޗް މާކް ފިލުވާލެވޭނެތަ؟

Jun 24, 2015

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މިކަމުގެ ޝިކާރަކަށްވެފަ ތިބޭ ބަޔެކެވެ. ގައިގާ އެނަގާ ކުލަކުލައިގެ ލައިނު ތަކަކީ އެއްވެސް މީހަަކަށް ހިތްގައިމު މަންޒަރެއް ނޫނެކެވެ.

ސްޓްރެޗް މާކު ނަގަނީ ކީއްވެގެން ހެއްޔެވެ؟

ސްޓްރެޗް މާކު ގައިގާ ނެގުމުގެ މައިގަނޑު މަގްސަދަކީ ހަށިގަނޑަށް އަންނަ ބަދަލަކާއި ހެދިއެވެ. އަންހެނުންނާ ގިނަފަހަރު ކުރިމަތިލަނީ ބަނޑުބޮޑު ވުމުން ހަށިގަނޑަށް އަންނަ ހޯމޯނަލް ބަދަލަކުންނެވެ. ހިކިކޮށް ހުއްޓާ ފަލަވެ ނޫނީ އެކްްސަސައިޒް ކޮށް ބޮޑީބިލްޑް ކޮށްގެން ހިކުނަސް ބައެއް މީހުންގެ ގައިގާ ނަގައެެވެ. އެއްފަހަރާ ގިނަ އަދަދަކަށް މި މާކު ތަކެއް ނަގައިފިނަމަ އެއީ ސިއްހީ މައްސަލައެކެވެ. ފަހަރެއްގައި އެޑްރެނެލް ގްލޭންޑް(ހޯމޯންސް އުފައްދާ ބައި) ޑިޒީސް، ކަޝިންގްސް ޑިޒީސް ނޫނީ ހަމަ ޖެނެޓިކް ބައްޔަކަށްވެސް ވެދާނެއެވެ.

ކޮންމެހެނެއް ވިޔަސް މީގެ މާބޮޑު ތަފްސީލެއް ކިޔާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެެއެވެ. އެންމެންގެ ސުވާލަކީ މިއީ ފިލުވާލެވޭނެ އެއްޗެއްތޯއެވެ. އެހެންނަމަވެސް ސްޓްރެޗް މާކަކީ އެއްފަހަރުން ފިލުވާލެވޭނެ އެއްޗެއްވެސް ނޫނެވެ. ވަރަށް މަސައްކަތް ކޮށްގެންވެސް އެތައް ދުވަހެއް އެތައް ހަފްތާއެއް ނަގާފާނެއެވެ. މިގޮތުން ގޭގައި ހުރެ މާބޮޑު ހަރަދެއް ނުކޮށް ފިލުވަން ކޮށްލެވޭނެ ބައެއް ކަންކަން ހުންނާނެއެވެ.

1 ކޮންމެ ދުވަހަކު މާކު ތަކެއް ނަގައިފާ ހުންނަ ހިސާބު ރަނގަޅަށް މަސާޖު ކޮށްލާށެވެ. މިކަމަށް ސައިންސުން މާ ބައިވަރު ސަބޫތު ދައްކާފައި ނެތް ކަމުގައިވިޔަސް 'ވީޓް ޖާރމް އޮއިލް' ބޭނުން ކޮށްގެން ދުވާލަކު ދެތިން ފަހަރު މަސާކު ކޮށްލުމުން ސްޓްރެޗް މާކްސް ތަކެއް ފިލުވަން އެހީ ވެދެއެވެ. މީގެ އިތުރަށް އޮލިވް ތެޔޮ، ލެވެންޑާ ތެޔޮ، އެލްމަންޑް ތެޔޮ ފަދަ ތެޔޮ ބޭނުން ކުރެވިދާނެއެވެ.

2 ކޮކޯ ބަޓާ އަކީ މިކަމަށް ވަރަަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ފެންވަރައިގެން މީގެއިން ގައިގާ އުނގުޅާ ނިދަމުން ވެސް މަސާޖެއް ކޮށްލުން ރަނގަޅެވެ. ކޮކޯ ބަޓާއަކީ ވިޓަމިން އޭ އިން ފުރިގެންވާ ބަޓާއެކެވެ.

3 އެލޯވެރާ ފަތަކީ ހަށިގަނޑުގެ ހަމަށް ވަރަށްވެސް ފައިދާ ހުންނަ ފަތެކެވެ. ފަތުގެ ޖެލް ބޭރުކޮށް އޭގެއިން މާކު ހުރި ހިސާބުގައި ހާކާލާފައި ދެގަޑިއިރު ވަންދެން ބަހައްޓާލާފަ ދޮވެލާށެވެ.

4 އަލުވި ތަންކޮޅެއް ބޯކޮށް ކަފާލާފައި މަޑުމަޑުން ދިހަ ވަރަކަށް މިނެޓް ވަންދެން ހާކާފައި ދޮވެ ލާށެވެ. އަލުތްވަކީ އެތަކެއް ވިޓަމިނެއް އެކުލެވި، ޕޮޓޭސިޔަމް، ކެލްސިޔަމް ފަދަ މާއްދާ ތަކުން ފުރިގެންވާ ތަރުކާރީއެކެވެ،

ދުވާލު ހަތަރުދަމު މަސައްކަތް ކޮށްފައި ގެއަށް އައިސް މިހުރިހާ މަސައްކަތެެއް އަނެއްކާ ކުރަން ޖެހުމުން ބައެއްފަހަރު އަޅާނުލާ ދޫކޮށްލެވެނީއެވެ. ފުދޭވަރަކަށް އަގުބޮޑު ވިނަަމަވެސް މިކަމަށް ބޭހާއި، ޖެލް ފަދަ ތަކެތި ވެސް ވިއްކަން ހުރެއެވެ. އެކަމަކު އެތައް ސަތޭކަ ރުފިޔާއެއް ހަރަދުކޮށް ގަނެވޭ ބޭހުންނާއި ޖެލް ބޭނުން ކޮށްގެން ގިނަ ފަހަރަށް ތަފާތެއް ނުފެނެއެވެ. ކޮންމެހެނެއް ވިޔަސް ސްޓްރެޗް މާކު ދުއްވާލެވޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. މިގޮތުން ތިރީގައި މިވަނީ މިކަމަށް އެންމެ ތާއީދު ލިބިފައިވާ ބައެއް ތަކެއްޗެވެ.

މީގެ އިތުރަށްވެސް ބޭނުންކޮށްލެވޭނެ އެތަކެއް ކްރިމް ނޫނީ ޖެލްތަކެއް ހުންނާނެއެވެ. މިއީ ގަވާއިދުން ނުކުރާނަމަ ކާމިޔާބެއް ނުލިބޭނެ ކަމެކެވެ. ވަރަށް މަސައްކަތާއި ގަޑި ހަރަދު ކޮށްގެން ނޫނީ ސްޓްރެޗް މާކަކީ ފިލުވާލެވޭނެ އެއްޗެއް ނޫނެވެ.