ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ލީޑަރުން އެދެނީ

Dec 20, 2018
7

ދައުރު ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމަށް ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ހަތަރު ލީޑަރުން މިއަދު އެއްބަސްވެއްޖެ އެވެ. އެގޮތަށް އެއްބަސްވީ ހަތަރު ލީޑަރުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

އެނގިފައިވާ ގޮތުގައި ހަތަރު ލީޑަރުން އެއްބަސްވީ، ފާސްނުކުރެވި ހުރި މުހިންމު ބިލްތަކެއް ފާސްކުރުމަށް އަންނަ މަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމަށެވެ. މި މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް މަޖިލީހުގެ ދައުރު ދިގުދަންމައިގެން ދައުރު ނިންމުމަށް އެ ދުވަހު ބޭއްވި ޖަލްސާ، ބިލްތައް ފާސްކުރެވޭ ވަރަށް މެންބަރުން ހާޒިރުނުވާތީ ބޭއްވިފައެއް ނުވެ އެވެ.

އެ ޖަލްސާގައި ފާސްކުރަން އެޖެންޑާކޮށްފައި އޮތީ، ރައީސް އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލާއި ޕެންޝަން ފަންޑުން ފަރުލު ހައްޖުވުމަށް ފައިސާ ހަމަޖައްސައިދިނުމުގެ ހުއްދަ ދޭ ބިލެވެ.