އޭސީސީ

ސިޔާސީ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލަށް އައްޔަން ކުރެވުނު ސިޔާސީ ފަރާތްތަކަށް ކޮރަޕްޝަން ހުއްޓުވާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނަށް ހާއްސަ ކޮށްގެން ބޭއްވި މި ޝެޝަންގައި މައުލޫމާތު ދީފައިވަނީ، އެސީސީގެ ނައބު ރައީސް މުއައްވިޒް ރަޝީދު އެވެ. ނަޒާހަތްތެރިކަން އިސްކުރާނެ ގޮތާއި ކޮރަޕްޝަންގެ އަމަލުތަކާ ދުރުގައި ތިބޭނެ ގޮތާއިމެދުވަނީ ފުޅާ ދާއިރާއެއްގައި މައުލޫމާތުދީފަ އެވެ.

މި ސެޝަންގައި 30 ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެފައިވާއިރު، އެސީސީގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި، ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތަށް ތަހުގީގު ކުރުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުންވެސް ވަނީ މައުލޫމާތު ދީފަ އެވެ. އެސީސީއިން އިތުރަށް ބުނެފައި ވަނީ މިމަހު 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕޮރޮގްރާމަކީ ރައީސް އޮފީހުގެ އިސް ނެގުމުގެ ސަބަބުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.