ރައްޔިތުންގެ މަޖިލިސް

ނަޝީދު ބޭނުންވަނީ، ރައީސަށްވުރެ ބާރު ގަދަކަން ދައްކަން: ހަލީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ އޭނާގެ ބާރުގަދަ ކަން ދެއްކުމަށް ކަމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުއްﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސްވެރިއަކީ، ރައީސް ކަމަށް ވިޔަސް، ނަޝީދު ބޭނުންވަނީ، އެމަނިކުފާނަކީ އެންމެ ބާރުގަދަ މީހާ ކަމަށް ދައްކަން ކަމަށެވެ. އޭނާ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ސޯލިހު ސޮއި ކުރައްވާފައިވާ އެގްރިމެންޓާ އެއްގޮތަށް މަޖިލީހުގެ ގޮނޑިތައް ބަހާ ނުލެވިގެން އުޅެނީ، ރައީސް ސޯލިހަށް ވުރެ ބޮޑަށް ނަޝީދު ބާރުގަދާވާން އުޅުއްވާތީ ށެވެ.

މަޖިލީހުގެ ގޮނޑިތަށް ބެހުމުގެ މައްސަލާގައި ލީޑަރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފަ އެވެ.