ހަބަރު

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގދ. ތިނަދޫއަށް

Dec 23, 2018
1

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ތިނަދޫއަށް ތައާރަފްކޮށްފި އެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ގދ.ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްޢަދުއެވެ. ހިދުމަތް ތައާރަފު ކުރީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެއެކު އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ މުޖުތަމައަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އުރީދޫގެ އެއް އަމާޒަކީ ރާއްޖޭގެ ހުރިހާ ށަރަކަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު، ތިނަދޫއަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް."

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލަނޑުދަނޑި ހާސިލްވުމުގެ މުނާސަބަތުގައި، އެކުންފުނިން ވަނީ 31 ޑިސެމްބަރު 2018 ގެ ކުރިން ސުޕަރނެޓް ޚިޔާރު ކުރަށްވާ ތިނަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއް ތައާރަފް ކޮށްފައެވެ. އަދި ތިނަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.