އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

އޮޑިޓާ ޖެނެރަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފި އެވެ.

މި އިއުލާނުގައި ބުނެފައިވަނީީ އޯޑިޓް އޮފީސް އޮޑިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 20 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން އެއް ލައްކަށް ރުފިޔާއަށް އަށް ވުރެ އަގުބޮޑު ނުވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އޮޑިޓް ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމިޓީއަކުން ކޮންމެ އަހަރުވެސް އޮޑިޓް ޖެނެރަލް އޮފީހުގެ އޮޑިޓެއް ހަދަން މުސްތަގިއްލު އޮޑިޓަރަކު އައްޔަން ކުރަންވާނެ އެވެ. ކޮންމެ މާލީ އަހަރެއް ނިމޭ ދުވަހުން ފެށިގެން ގާނޫނު ބުނާ އޮޑިޓަރަކު އައްޔަންކޮށް މަސައްކަތް ހަވާލު ކުރަންވާނެ އެވެ. އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓް ތައްޔާރުކުރި ފަރާތުން ތިން މަސް ދުވަސް ތެރޭ ރައީސް އަދި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓް ފޮނުވަން ޖެހެ އެވެ.